ads
އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން--
ބެންކޮކް ޖެނެރަލް ގައިޑެންސް އެޑޮޕްޓްވުން މުހިއްމު
ބެންކޮކް ޖެނެރަލް ގައިޑެންސް އެޑޮޕްޓް ކުރެވިގެންދިޔުމަކީ ވަރަށް މުހިންމު ކަމެއްކަން އުއްތަމަ ފަނޑިޔާރު އަޙްމަދު މުޢުތަޞިމް އަދުނާން ވިދާޅުވެއްޖެއެވެ.

އުއްތަމަ ފަނޑިޔާރު އަޙްމަދު މުޢުތަޞިމް އަދުނާން މިހެން ވިދާޅުވީ، އިންޓަރނޭޝަނަލް ކޮމިޝަން އޮފް ޖޫރިސްޓްސް (އައި.ސީ.ޖޭ) އާއި ދިވެހިރާއްޖޭގެ ޖުޑިޝާރީއާ ގުޅިގެން ދިވެހިރާއްޖޭގައި 'ބެންކޮކް ޖެނެރަލް ގައިޑަންސް ފޮރ ޖަޖަސް އޮން އެޕްލައިންގ އަ ޖެންޑަރ ޕަރސްޕެކްޓިވް އިން ސައުތު އެންޑް ސައުތުއީސްޓް އޭޝިއާ' ގެ ނަމުގައި ފެށި ޖުޑީޝަލް ޑަޔަލޮގްގައި ވާހަކަފުޅު ދައްކަވަމުންނެވެ. އިއްޔެއާ މިއަދު ކުރިއަށްދާ މި ޕްރޮގްރާމް އޮންނަނީ ބަނޑޮސް ރިސޯޓުގައެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް މި ޑައިލޮގް ބާއްވާއިރު، މި ޕްރޮގްރާމްގައި އުއްތަމަ ފަނޑިޔާރުގެ އިތުރުން ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ އާއިޝަތު ރިޒްނާވެސް ބައިވެރިވެވަޑައިގަންނަވައެވެ. މި ދެ ބޭފުޅުންގެ އިތުރުން، ދެން މި ޕްރޮގްރާމްގައި ދިވެހިރާއްޖޭން ބައިވެރިވެވަޑައިގަންނަވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާއިޝާ ޝުޖޫން މުޙައްމަދާ މަހާޒު ޢަލީ ޒާހިރު، އަދި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރު ޙަސަން ޝަފީޢު އަދި ފެމިލީ ކޯޓުގެ އިސް ޤާޟީ ހުޒައިފާ މުޙައްމަދެވެ.

މި ޑަޔަލޮގްގައި ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ އިތުރުން ނޭޕާލް، ބަންގްލަދޭޝް، އިންޑިޔާ، ސްރީލަންކާ އަދި ޕާކިސްތާނުގެ ސުޕްރީމް ކޯޓު، ހައިކޯޓު އަދި ޑިސްޓްރިކްޓް ކޯޓުތަކުގެ ފަނޑިޔާރުން ބައިވެރިވެވަޑައިގަންނަވައެވެ. މި ސަރަހައްދުގެ އެކި ޤައުމުތަކުން ޖުމްލަ 30 (ތިރީސް) ފަނޑިޔާރުން ބައިވެރިވެވަޑައިގަންނަވާ މި ޑަޔަލޮގް އެކި ސެޝަންތަކަކަށް ބަހާލެވިގެން ކުރިޔަށްދާއިރު، ޑަޔަލޮގްގައި ބައިވެރިވެވަޑައިގެންނަވާ ބައެއް ފަނޑިޔާރުން ސެޝަންތައް ފެސިލިޓޭޓް ކުރައްވާގޮތަށް ހަމަޖެހިފައިވެއެވެ. މިގޮތުން "އެޕްލިކޭޝަން އޮފް އަ ޖެންޑަރ ޕަރސްޕެކްޓިވް އިން ޖުޑީޝަލް ޑިސިޝަން މޭކިން" ފެސިލިޓޭޓް ކޮށްދެއްވާފައިވަނީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާއިޝާ ޝުޖޫން މުޙައްމަދު އެވެ.

0%
ކަމުގޮސްފި
33%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
67%
ވަރަށް ސަލާމް
ކޮމެންޓްސް