ads
ހަތަރު ހޮސްޕިޓަލް އަޅަން އިންޑިއާ ކުންފުންޏަކާ ހަވާލުކުރުން:
އިންޑިއާ ކްރެޑިޓް ސްކީމްގެ ތެރެއިން ހަތަރު ހޮސްޕިޓަލް އަޅަން ހަވާލުކޮށްފި
އިންޑިއާ އިން ދިވެހިރާއްޖެއަށް ކަނޑައަޅާފައިވާ ކްރެޑިޓް ސްކީމްގެ ތެރެއިން ހަތަރު ހޮސްޕިޓަލެއް އަޅަން އިންޑިއާ ކުންފުންޏަކާ ހަވާލުކޮށްފިއެވެ.

މި ހޮސްޕިޓަލްތައް އަޅަން ހަވާލުކޮށްފައިވަނީ  ހަވާލުކުރީ ޓެލެކޮމިއުނިކޭޝަން ކޮންސަލްޓަންޓްސް އިންޑިއާ ލިމިޓެޑް (ޓީސީއައިއެލް)އާ އެވެ. މިމަޝްރޫއުގެ އަގަކީ 57.2 މިލިއަން އެމެރިކާ ޑޮލަރެވެ. 

މަސައްކަތް އެވޯޑުކުރި އެއްބަސްވުމުގައި ޓީސީއައިއެލްގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ ކުންފުނީގެ އެގްޒެކެޓިވް ޑިރެކްޓަރު އަތުލް ކުމާރު ޖެއިން އެވެ. ހެލްތު މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ސްޓޭޓް މިނިސްޓާ އަހްމަދު އާދިލް އެވެ.

ހަތަރު ހޮސްޕިޓަލަކީ ދިއްދޫގައި ހުންނަ ހއ. އަތޮޅު ހޮސްޕިޓަލާ، ކުޑަހުވަދޫގައި ހުންނަ ދ. އަތޮޅު ހޮސްޕިޓަލާ، ވިލިނގިލީގައި ހުންނަ ގއ. އަތޮޅު ހޮސްޕިޓަލާއި ރ. އަލިފުށި ހޮސްޕިޓަލް އެެވެ. ހަތަރު ހޮސްޕިޓަލް ޑިޒައިން ވެސް ކުރަން ޖެހެނީ އިންޑިއާ ކުންފުނިންނެވެ.

މި މަޝްރޫއަށް ހަރަދުކުރުމަށް ހަމަޖައްސާފައިވަނީ އިންޑިއަން އެގްޒިމް ބޭންކުން ނަގާ ކްރެޑިޓް ސްކީމެއްގެ ތެރެއިންނެވެ.

0%
ކަމުގޮސްފި
67%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް