ads
ތުލުސްދޫގެ ގިނަ އަދަދެއްގެ ރައްޔިތުން: އެރަށު ހޮސްޕިޓަލްސަރަހައްދުގައި
އާބާދީގައި 5000: ރަށް އޮތީ ފެނަށް ޖެހިފައި: ތުލުސްދޫ ކައުންސިލް
ކ ތުލުސްދޫގެ އާބާދީގައި 5000 މީހުން މިވަގުތު ދިރިއުޅެމުންދާ ކަމަށާއި ނަމަވެސް ޒަރޫރީ ބޭނުންތަކަށްވެސް މިވަގުތު ތުލުސްދޫއިން ފެން ނުލިބުމުގެ މައްސަލަ ސަރުކާރުގެ ސަމާލުކަމަށް ގެންނަން ބޭނުންވާކަމަށް ތުލުސްދޫ ކައުންސިލުން ބުނެފިއެވެ.
Advertisement

"ސީއެންއެމް"އަށް މިއަދު ދެއްވި އިންޓަވިއުއެއްގައި ތުލުސްދޫ ކައުންސިލްގެ ރައީސް އަސްލަމް މޫސާ ވިދާޅުވީ މިވަގުތު ތުލުސްދޫގައި އެއްވެސް ވަރަކަށް ފެން ބޭނުން ނުކުރެވޭ ކަމަށެވެ. އަދި ވިދާޅުވީ ސަރުކާރުން މި މައްސަލަ އަށް ހައްލު ހޯދައިދޭން އަބަދުވެސް މަސައްކަތްކުރައްވާނެ ކަމަށް ވިދާޅުވާ ކަމަށެވެ.

"ތުލުސްދޫގެ އާބާދީގައި 5000 ހާސް މީހުން އެބައުޅޭ. މިރަށަކު ފެނެއް ނެތް. ސަރުކާރަށް މިކަން ހުށަހެޅުނު އަދަދެއްް އަޅުގަނޑުމެންނަކަށް ނޭނގޭ. މިކަން އެބަޖެހޭ ދެއްތޯ ސަރުކާރަށް ފެންނަން." ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.

ތުލުސްދޫ ކައުންސިލްވެސް އިންތިހާބުވެފައިވަނީ ރައްޔިތުންގެ ވޯޓަކުން ކަން ފާހަގަކުރައްވަމުން އަސްލަމް ވިދާޅުވީ ފެން ތަގައްޔަރުވެފައި އޮތުމުގެ ސަބަބުން ރަގަޅު ފެނުގެ ނިޒާމެއް ގާއިމުވެފައި ނެތުމުން ރައްޔިތުން ކޮންމެ ދުވަހަކު ކައުންސިލަށް ޝަކުވާ ހުށައަޅަމުންދާ ކަމަށެވެ. 

އަސްލަމް ވިދާޅުވީ ފެނުގެ މައްސަލަ ހައްލުކުރުމަށް އެންވާރަމަންޓް މިނިސްޓްރީ އާއ ވަރަށް ގިނަ ފަހަރު ބައްދަލުކޮށް ވާހަކަ ދެއްކިއްޖެ ކަމަށާއި، ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ޒަރޫރީ މިފަދަ ބޭނުންތައް ފުއްދައިދިނުމަކީ ގާނޫނު އަސާސީންވެސް ރައްޔިތުންނަށް ކަށަވަރު ކަމާއެކު ފޯރުކޮށްދޭންޖެހޭ ހިދުމަތެއް ކަމަށެވެ. 

"މިނިސްޓްރީގެ ބޭފުޅުންނާ ވާހަކަ ދައްކައިފިން ވަރަށް ގިނައިން. ތުލުސްދޫން ފެން ގެންގޮސްވެސް ދީފިން އެތަކެއް ފަހަރު މިނިސްޓްރީއަށް. ފެން ޓެސްޓުކޮށް އެމީހުން ބަލަން ބޭނުންވެގެން. ކޮންމެ ފަހަރަކުވެސް ވިދާޅުވާނެ މިކަމަށް ހައްލެއް ހޯދައިދޭނަމޭ." އަސްލަމް ވިދާޅުވި އެވެ.

your imageތުލުސްދޫގެ މަގުމަތި 

އަސްލަމް ވަނީ ތުލުސްދޫގެ ފެން ތަގައްޔަރުވެފައި ހުރުމުން އެރަށުގައި ހުންނަ މިސްކިތު ވަޅުންވެސް ނުބައިވަސްދުވާތީ މިސްކިތުގައިވެސް ނުބައި ވަސް ފެތުރުފައިވާކަން ހިއްސާކުރައްވާފަ އެވެ. 

"މިސްކިތުން ވުލޫކުރީމަ ދެން މުޅި މިސްކިތުގައިވެސް މިހާރު ނުބައިވަސް އެބަ ފެތުރޭ. ގޭގެއިންވެސް އެއްވެސް ވަރަކަށް ފެން ބޭނުންމެއް ނުކުރެވޭ." އަސްލަމް ވިދާޅުވި އެވެ.

ތުލުސްދޫ ކައުންސިލް މެންބަރު ޔޫޝައު ޖަމީލް "ސީއެންއެމް" ވިދާޅުވީ ފެނުގެ ދަތިކަން ހުރުމުގެ ސަބަބުން އެރަށުގައި ހިންގާ ގެސްޓްހައުސް ވިޔަފާރިތަކަށް ވަރަށް ބޮޑެތި އަސަރުތައް ކުރަމުންދާ ކަމަށެވެ. އަދި ވިދާޅުވީ ގެސްޓްހައުސްތަކަށް ފެން ފޯރުކޮށްދޭން ޖެހެނީ ހަންހަމުގައި ކޮކާކޯލާ ކުންފުނިން ފެން ގަނެގެން ގެންގޮސް ކަމަށެވެ. 

your imageތުލުސްދޫގެ މަގުމަތި

"ކޯލާ ފެކްޓްރީ ޕިކަޕަށް ފެން އަޅައިގެން ގެންދަނީ ފެންވަރުމަށް. ގަނެގެން. ގަޑީރެއް ދެގަޑީރެއް އެބަ ނަގާ ފެން ލޯޑުކުރަން. އެންމެ ހަމަކުން ދުވާލަކަށް ނުވެސް ވޭ. މިހެން އުޅޭތާވެސް މިހާރު ލައްކަ ދުވަސް ވެއްޖެ." ޔޫޝައު ވިދާޅުވި އެވެ.

ތުލުސްދޫގައި މިވަގުތު 32 ގެސްޓްހައުސް ހިންގަމުން ދެ އެވެ. އަދި 10 ގެސްޓްހައުސްއެއްގެ މަސައްކަތް މިހާރު ދަނީ ކުރެވެމުންނެވެ. 

ތުލުސްދޫއަކީ ފަތުރުވެރިކަމަށް މާލެ ސަރަހައްދުގައި އެންމެ ފާހަގަކޮށްލެވޭ އެއް ރަށެވެ.

17%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް