ads
މޮސޭ:
ސްޓަރ ވޯސް އިން މޮސެސް އިންގްރާމްގެ ދިފާއުގައި
ފްރެންޗައިސް ޝޯ އެއް ކަމަށްވާ ސްޓަރ ވޯސް އިން ލިބިފައިވާ ފުރުސަތުގެ ސަބަބުން ސޯޝަލ މީޑިޔާގައި ވަރަށް ގިނަ ފާޑުކިޔުންތަކާއި ހޭޓް މެސެޖްތައް މޮސެސް އިންގްރާމަށް އަމާޒުވެފައިވަނިކޮށް ސްޓާރ ވޯސް އިން މިވަނީ އިންގްރާމްގެ ދިފާއުގައި ޓްވީޓްކޮށްފައެވެ. މި މެސެޖްތައް އޭނާއަށް އަމާޒުވެފައިވަނީ އޭނާގެ ހަމުގެ ކުލައިގެ ސަބަބުނެވެ.
Advertisement

ސްޓަރ ވޯސް އިން ޓްވީޓް ކޮށްފައިވާ ޓްވީޓްގައި އިންގްރާމަށް ޝޯއަށް މަރުހަބާ ކިޔާފައިވާ އިރު އޭނާއާ މެދު ފަހުރުވެރިވާކަންވެސް ފާހަގަކޮށްފައިވެއެވެ. މީގެ އިތުރުން އިންގްރާމް ޝޯއަށް އައުމާ މެދު އެއްވެސް ފަރާތެއްގެ ހިންހަމަ ނުޖެހުމެއްވާނަމަ އެކަމާވެސް ދެކޮޅުހަދާކަމަށާއި ސްޓަރ ވޯސް ގެލެކްސީގައި 20 މިލިއަން ސެންޓިނެންޓް ސްޕީޝީސްވާ އިރު ރޭސިސްޓަކަށް ނުވުމުމަށް މި ޓްވީޓްގައި ޖަހާފައިވެއެވެ.

އިންގްރާމަށް ލިބިފައިވާ މި މެސެޖްތައް އޭނާ ވަނީ އިންސްޓަރގްރާމްއިން އޭނާގެ ފޮލޯވަރުންނާ ހިއްސާކޮށްފައެވެ. އަދި ރޭސިސަމް ދުވަހަކު ވެސް ހުއްޓޭނެތޯ އޭނާ ސުވާލުކޮށްފައިވެއެވެ. މިކަމަކީ ނެތް ކަމެއްކަމުގައި ހަދައިގެން ދިފާއުގައި އަޑުނުއުފުލާ ހުންނަ މީހަކަށް އޭނާއަށް ނުވެވޭނެކަމަށް ވެސް އިންްގްރާމް ބުނެފައިވެއެވެ.

މޮސެސް އިންގްރާމް އަކީ އެމެރިކާގެ އެކްޓްރެސްއެކެވެ. އިންގްރާމް ޑެބިއު ކޮށްފައިވަނީ ޑިސްނީ ޕްލަސް އިން ވަރަށް ފަހުން ނެރެފައިވާ "އޮބި ވަން ކެނޯބީ" ސީރީސްއިންނެވެ. އަދި އިންގްެރާމްވަނީ ކުއީންސް ގޭމްބިޓްގެ ޖޮލީން ގެ ރޯލުން ފެނިގެން ގޮސްފައެވެ.

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް