
މިއަހަރު ރާއްޖެއަށް ލިބިފައިވާ ރަސްމީ ކޯޓާގެ ތެރެއިން 100 ކޯޓާ އާންމުންނަށް ހުޅުވާލައިގެން ހައްޖަށް ގެންދިއުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ހައްޖު ކޯޕަރޭޝަނާ ވަނީ ހަވާލުކޮށްފައެވެ. މި 100 ކޯޓާއަށް ހައްޖަށް މީހުން ގެންދިއުމަށް ކަނޑައެޅިފައިވާ އަގަކީ 76,960.00 (ހަތްދިހަ ހަހާސް ނުވަސަތޭކަ ފަސްދޮޅަސް ރުފިޔާ) ކަމަށް މިއަދު ކުރި އިއުލާނުގައި ބުނެފައިވެއެވެ.
"މިކުންފުނީގެ ޙައްޖު އަދި އުމްރާގެ ޚިދުމަތް ހޯދުމާއިބެހޭ ޕޮލިސީގެ ދަށުން ޙައްޖަށް ދިއުމަށް ރަޖިސްޓްރީކޮށް، ފައިސާ ދައްކާފައިވާ ފަރާތްތަކުގެ ތެރެއިން މިއަހަރުގެ ހައްޖު ދަތުރުގައި ބައިވެރިވުމަށް ފުރުޞަތު ލިބިފައިވާ ފަރާތްތައް ޙައްޖަށް ގެންދިއުމަށް މިކުންފުނިން ކަނޑަޅާފައިވާ އަގަކީ ކުރީއަހަރުތަކުގައިވެސް ޙައްޖު ދަތުރަށް ކަނޑައެޅުނު އަގު
މިފަހަރު ހައްޖުގެ އަޅުކަން އަދާކުރުމަށް ދިވެހިރާއްޖެއަށް 453 ކޯޓާ ސައުދީ ސަރުކާރުން ދީފައިވެ އެވެ.
ދިވެހި ރާއްޖެއިން ހައްޖަށް މީހުން ފޮނުވުމާޢި މި އިންތިޒާމުތަކުގެ އެންމެހައި ކަމެއް ހަޖައްސާފައިވަނީ ހައްޖު ކޯޕަރޭޝަނުންނެވެ.
މިއަހަރު ހައްޖުގެ މަތިވެރި އަޅުކަމަށް ދާ ފަރާތްތަކުގެ ކަންކަން ބެލުމަށް އަމީރުލް ހައްޖުގެ ގޮތުގައި ސަރުކާރުން ހަމަޖައްސާފައިވަނީ އިސްލާމިކް މިނިސްޓަރ ޑރ އަހުމަދު ޒާހިރެވެ.
އަމީރުލް ހައްޖަކީ ހައްޖަށްދާ މީހުންގެ ކަންކަން އެންމެ ގާތުން ބެލުމަށް ހައްޖަށް މީހުންދާ ކޮންމެ ފަހަރަކުވެސް ރައީސުލް ޖުމްހޫރިއްޔާގެ ފަރާތްޕުޅުން ހަޖަމައްސަވާ ބޭފުޅެކެވެ.
ނިމިގެންދިޔަ 2020 ވަނަ އަހަރާއި 2021 ވަނަ އަހަރު ހައްޖުގެ އަޅުކަމަށް ދުނިޔޭގެ ގައުމުތަކުން މައްކާއަށް ގޮސްފައެއް ނުވެ އެވެ. އެހެންކަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަން ފެށުނުފަހުން މިއަހަރަކީ ހައްޖަށް މީހުން ފޮނުވާ ދެވަނަ ފަހަރެވެ.
މިދިޔަ އަހަރު ރައީސް ސޯލިހުގެ ފަރާތްޕުޅުން އަމީރުލް ހައްޖުގެ ގޮތުގައި ހަމަޖައްސާފައިވަނީ ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމެވެ.