ads
މިއަހަރުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި މިރޭ ބޭއްވި ރަސްމީ ޖަލްސާގައި ރައީސް ވާހަކަފުޅު ދައްކަވަނީ
ޗައިނާގެ ލޯނުތައް 5 އަހަރަށް ފަސްކޮށްދޭނެ ކަމުގެ ފެހި ސިގްނަލް ލިބިއްޖެ: ރައީސް
ދިވެހިރާއްޖެއިން ޗައިނާ ސަރުކާރަށް އަދާކުރަންޖެހޭ ލޯނުތައް ކުރިއަށް އޮތް ފަސް އަހަރަށް ފަސްކޮށްދޭނެ ކަމުގެ ފެހި ސިގުނަލް ލިބިފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
Advertisement

ރައީސް މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ މިއަހަރުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި މިރޭ ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރާއްޖޭގެ 59 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި މިރޭ ސޯޝަލް ސެންޓަރުގައި ބޭއްވި ރަސްމީ ޖަލްސާގައި ރައީސް ވިދާޅުވީ ބޭރުގެ ގައުމުތަކުގެ ދަރަނިތައް އަދާކުރުމުގައި ލުއިތަކެއް ލިބެމުންދާ ކަމަށެވެ. އެގޮތުން ޗައިނާއާއި އިންޑިއާއިން އެކަމުގައި ވަރަށް ބޮޑަށް އެހީތެރިވަމުންދާ ކަމުގައި ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުން އިންޑިއާ ސަރުކާރުން ދާދިފަހުން ވަނީ ރާއްޖެއިން ދައްކަން ޖެހުނު 50 މިލިއަން ޑޮލަރު ރޯލްއައުޓް ކޮށްދެއްވާފަ އެވެ.

"ޗައިނާ ސަރުކާރުން ވަނީ ކުރިއަށް އޮތް ފަސް އަހަރު ރާއްޖެއިން ދައްކަން ޖެހޭ ލޯނާއި އިންޓަރެސްޓް ދައްކަން ނުޖެހޭނެ ގޮތް ހަދައި ދޭނެ ކަމުގެ ފެހި ސިގްނަލް ދީފައި" އެކަމުގެ ފަންނީ މަސައްކަތް މިހާރު ކުރިއަށްދާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވި އެވެ.

މީގެއިތުރުން ޔޫއޭއީއަށް އަދާކުރަން އޮތް ލޯނު ވެސް ކުރިއަށް އޮތް ފަސް އަހަރަށް ލަސްކޮށްދެއްވާނެ ކަމަށް ވިދާޅުވެފައިވާ ރައީސް ވިދާޅުވި އެވެ. 

ދައުލަތުގެ އާމްދަނީއާއި ހަރަދުގެ ތަފްސީލް ހިއްސާކުރައްވަމުން ރައީސް ވިދާޅުވީ މިދިޔަ ޖޫން މަހުގެ ނިޔަލަށް މިއަހަރު ދައުލަތަށް 18.6 ބިލިއަން ރުފިޔާ ލިބުނު ކަމަށާއި މިމުއްދަތުގައި ދައުލަތުން ހަރަދުކޮށްފައިވަނީ 16.8 ބިލިއަން ރުފިޔާ ކަމަށެވެ.

އިގުތިސާދީ ސިޔާދަތު ޔަގީން ވާނީ ރާއްޖޭގެ ބޮޑުވެފައި އޮތް ބޭރުގެ ދަރަނި ވެސް ދެއްކި ކަމަށާއި އެ މަގަށް މަސައްކަތް ކުރުމަށްޓަކައި ސަރުކާރުން ވަރަށް ގިނަ ކަންކަން ކުރަމުން އަންނަ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް