ads
ސްރީ ލަންކާގައި 2022 ވަނަ އަހަރު އުފެދުނު ހަމަނުޖެހުންތަކުގެ ތެރޭގައި މުޒާހަރާކުރަމުން ގޮސް ބަޔަކު ރިޔާސީ ގެކޮޅަށް ވަދެ ގައުމީ ދިދަ ވިހުރަނީ.
ލަންކާގެ ރިޔާސީ އިންތިހާބު ބާއްވާ ތާރީހު އިއުލާނުކޮށްފި
ސްރީ ލަންކާގެ ރިޔާސީ އިންތިހާބު މި އަހަރުގެ ސެޕްޓެމްބަރުގައި ބާއްވަން ނިންމައިފި އެވެ.

އިލެކްޝަންސް ކޮމިޝަންގެ ޗެއާ އާރް.އެމް.އޭ. އެލް ރަތުނަޔަކަ ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ ސެޕްޓެމްބަރު 21 އަށް ތާވަލްކުރީ ހޮނިހިރު ދުވަހަކާ ދިމާވާތީ ކަމަށާއި އެއީ ގިނަ މީހުންނަށް ވޯޓު ލާން ދެވޭނެ ދުވަހަކަށް ވާނެތީ ކަމަށެވެ. 

ލަންކާގެ އާބާދީގެ 22 މިލިއަން މީހުންގެ ތެރެއިން ގާތްގަނޑަކަށް 17 މިލިއަން މީހުންނަށް މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިގެންވެ އެވެ.

ރިޔާސީ އިންތިހާބަށް ނުކުންނަވާނެ ކަމަށް ބެލެވޭ ބޭފުޅުންގެ ތެރޭގައި މިހާރު އިދިކޮޅު ލީޑަރެއްގެ ގޮތުގައި މަސައްކަތްކުރައްވާ ސަޖިތު ޕްރެމަދާސަ އާއި އަނޫރާ ކުމާރާ ޑިސަނަޔަކަ ހިމެނެ އެވެ. އަދި މިހާރުގެ ރައީސް ރަނިލް ވިކްރަމަސިންހަ ވެސް ވަނީ މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައިފަ އެވެ.

އިލެކްޝަން ކޮމިޝަނުން ބުނީ އިންތިހާބު ބާއްވަން ތާވަލުކޮށްފައި ވަނީ ސެޕްޓެމްބަރު 21 އަށް ކަމަށެވެ. އެގޮތުން އިންތިހާބުގައި ވާދަކުރަން ބޭނުންވާ ފަރާތްތަކަށް މިހާރު ވަނީ އަންނަ މަހުގެ 15 އާ ހަމައަށް ކެންޑިޑޭސީ އަށް ވެސް ހުޅުވާލައިފަ އެވެ.

މިއީ 2022 ކުރީކޮޮޅު ލަންކާ އަށް ދިމާވި މާލީ އަދި އިގުތިސާދީ ބޮޑު ތަދާ އެކީ އެ ގައުމު "ބަނގުރޫޓްވެ"، ކުރިމަތިވި ސިޔާސީ ބޮޑު ހާޖާނުގަނޑަށް ފަހު، ބޮޑު އިންތިހާބަކަށް ދާ ފުރަތަމަ ފަހަރެވެ. ދެހާސް ބާވީހުގައި އާންމުން ވަނީ ރައީސްގެ މަގާމުގައި ހުންނެވި ގޮޓަބަޔާ ރާޖަޕަކްސާ މަގާމުން އިސްތިއުފާ ދެއްވަން މަޖުބޫރުކޮށް ވެސް ކޮށްފަ އެވެ. ސިޔާސީ އެ ދިލަގަނޑުގެ ތެރޭގައި ފަހުން ރައީސް ކަމަށް އައްޔަންކުރީ ރަނިލް ވިކްރަމަސިންހަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް