ads
ފިލްމީ ތަރި މުހައްމަދު އަބުދުﷲ (މުހައްމާ) ސީއެންއެމްއަށް މިއަދު އިންޓަރވިއު ދެއްވަނީ
ސިޔާސީ ދާއިރާ އާއި ފިލްމީ ދާއިރާވެސް ދުލެއް ނުކުރާނަން: މުހަންމާ
ސިޔާސީ ދާއިރާވެސް އަދި ފިލްީ ދާއިރާވެސް ދޫކޮށްލައްވަން ބޭނުންނުވާ ކަމަށާއި، މި ދެދާއިރާއިން ވެސް ކުރިއަށްދާން ނިންމާފައިވާ ކަމަށް އިހަވަންދޫ ދާއިރާގެ ކުރީގެ މެންބަރު އަދި މަޝްހޫރު ފިލްމީ ތަރި މުހައްމަދު އަބުދުﷲ (މުހައްމާ ކަލޯ) ބުނެފި އެވެ.

"ސީއެންއެމް" މިއަދު ދެއްވި އެކްސްކްލޫސިވް އިންޓަރވިއުއެއްގައި ސިޔާސީ ދާއިރާ އިން އިތުރަށް ކުރިއަށްދާން ގަސްތުކުރަންތޯ ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުން މުހައްމާ ބުނީ ސިޔާސީ ދާއިރާ އިން ކުރިއަށް އޮތް ތަނުގައި ނުކުންނަވާނެ ކަމަށެވެ.

މުހައްމާ ބުނީ ސިޔާސީ ދާއިރާއިން ކުރިއަށް ދިއުމަށް ވިސްނާއިރު އޭނާ ހިމެނޭ އިހަވަންދޫ ދާއިރާގެ ހުރި މައްސަލަތަކަކީ ކޮބައިކަމާއި އެކަންކަމަށް އެޑްރެސްކޮށް ހައްލު ހޯދައިދެވިދާނެ ގޮތްތަކާއި ބެހޭގޮތުން ކުރިއަށް ވަޑައިގަންނަވަން އެނގިވަޑައިގަންނަވާ ކަމަށެވެ. 

"އަޅުގަނޑަށް އެނގޭ ދާއިރާގެ (އިހަވަންދޫ ދާއިރާ)ގެ ހުރި މައްސަލަތަކަކީ ކޮބައިކަން ވެސް. އެނގޭ އެ މައްސަލަތަކަށް ހައްލު ހޯދައިދޭން ކުރަންޖެހޭ ކަންކަން ވެސް. އެހެންވީމަ ކުރިއަށް އޮތް ތަނުގައި ވެސް ސިޔާސީ މަސައްކަތްތަކުން މުޅިން އެއްފަރާތްވީކީ ނޫން. ހަމަ ކުރިއަށް ދާން މި ގަސްތު ކުރަނީ،" މުހައްމާ ބުންޏެވެ.

މުހައްމާ ބުނީ ފިލްމީ ދާއިރާގެ މަސައްކަތަކީ އޭނާ ވަރަށް ގާތުން ކުރައްވަމުން އައި މަސައްކަތެއް ކަމަށެވެ. އެހެންކަމުން ފިލްމީ ދާއިރާގައި ކެމެރާގެ ފުރަގަހުން ވެސް ގިނަ ަސައްކަތްތަކެއް މިހާރުވެސް ކުރަމުން އަންނަ ކަމަށެވެ. 

"އަޅުގަނޑުގެ ދެކެދެކެވެސް ޕްރޮޑަކްޝަނުން މިހާރުވެސް އެބަ ކުރިއަށްގެންދަން ބައެއް ފިލްމުތަކުގެ މަސައްކަތް. ކެމެރާގެ ފުރަގަހުގައި މިވަގުތު މިހުރީ." މުހައްމާގެ މަސައްކަތްތައް ހިއްސާކުރައްވަމުން ބުންޏެވެ.

ފިލްމު ތަކުގައި މަޖާ ރޯލެއްގެ ބައި އަދާކުރުމުގައި ވަރަށް ކާމިޔާބު މަސައްކަތަކެއް ކުރައްވައި ގިނަ ބައެއްގެ މަގުބޫލުކަންވެސް ހޯދާފައިވާތީ ދެން އިތުރަށް މިފަދަ ރޯލަކުން ފެނިދާނެތޯ ސީއެންއެމްގެ ޓީމުން ކުރި ސުވާލަށް ޖަވާބުދެއްވަމުން މުހައްމާ ބުނީ ފިލްމް މިފަދަ ރޯލަކުން ފެނުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށެވެ. 

މުހައްމާ އާއެކު ސީއެންއެމްއިން ހޭދަކުރި ވަގުތުކޮޅުގައި މުހައްމާ ވަނީ ފިލްމީ ދާއިރާގައި މިވަގުތު ހުރި ބައެއް ކަންބޮޑުވުންތައްވެސް ހިއްސާކޮށްފަ އެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް