ads
މިފްކޯއިން އަލަށް ތައާރަފްކުރި މަސްދަޅު: ފޮޓީ: ވަގުތު
އަގުހެޔޮ ތެޔޮ މަދު މަސްދަޅެއް މިފްކޯއިން ތައާރަފް ކޮށްފި
ޖީބަށް ލުއި ތެޔޮ މަދުކޮށް ތައްޔާރު ކޮށްފައިވާ މަސްދަޅެއް މިފްކޯއިން ތައާރަފް ކޮށްފި އެވެ.

މިފްކޯއިން މި މަސްދަޅު ތައާރަފްކޮށް މަސްދަޅު ދައްކާލާފައި މިވަނީ، މިއަދު ހަވީރު ފެށި ފުޑް އެންޑް ބެވަރޭޖަސް ޝޯގެ ތެރެއިންނެވެ. 

މިކަމާއި ގުޅިގެން މިފްކޯގެ އެމްޑީ އިސްމާއިލް ފައުޒީ ވިދާޅުވީ، އެ ކުންފުނިން މިފަދަ މަސްދަޅެއް ތައާރަފް ކުރުމަށް ނިންމީ، މިހާރު ބޭނުން ކުރަމުން އަންނަ ތެޔޮ މަސްދަޅުގައި ގިނަ އަދަދެއްގެ ތެޔޮ ހުރުމުގެ ސަބަބުން ދިމާވާ މައްސަލަތަކަށް ހައްލެއް ގެނައުމުގެ ބޭނުމުގައި ކަމަށެވެ. އަދި މި މަސްދަޅުގެ އަގު ކުރިން ވިއްކާ މަސްދަޅުގެ އަގަށްވުރެ ހެޔޮވާނެ ކަމަށްވެސް ފައުޒީ ވިދާޅުވި އެވެ. 

މީގެ އިތުރުން ފައުޒީ ވިދާޅުވީ، އަލަށް ތައާރަފްކުރި މަސްދަޅުގައިވެސް ތެޔޮ ކޮންމެސް ވަރަކަށް ހުންނާނެ ކަމަށާއި، މި މަސްދަޅުގައިވެސް ކުރީގެ މަސްދަޅުގައި ލާ ރަހަ ހުންނާނެ ކަމަށެވެ. 

އަގުހެޔޮ މަސްދަޅެއް ތައާރަފް ކުރިނަމަވެސް އަދި މި މަސްދަޅު ވިއްކާނެ އަގެއް މިފްކޯއަކުން ހާމަކޮށްފައި ނުވެ އެވެ. 

މިފްކޯއިން މިފަދަ މަސްދަޅެއް ތައާރަފް ކޮށްފައި ވާއިރު، ކުރިން ވިއްކަމުން ދިޔަ މަސްދަޅު ތަކުން އެކުންފުނިން ވަނީ އަގު އުފުލާފަ އެވެ. 

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް