ads
ރައީސް ޔާމީން އާއި ޗައިނާގެ ރައީސް ޒީ ޖިންޕިން
އެދުމެއް ނެތި ވެދުމެއް ނުކުރާނެ!
ޒަމާން މިވަނީ އެތައް ގޮތަކުން މިއަދު ބަދަލުވެފަ އެވެ. އެއްވެސް މީހަކު ހެޔޮ ނިޔަތުގައި ކަމެއް ކޮށްދީފާނެ ކަމަށް ގަބޫލު ކުރުމަކީ މިއަދު ބޭކާރު ކަމެކެވެ. މިއަދު ފެނިގެން މިދަނީ ކުޑައެތި ފަހާ ބޮޑުއެތި ދުވާ މަންޒަރެވެ.
Advertisement

ހުކުރު ދުވަހު މީޑިއާގެ ފަލަ ސުރުހީތަކުން ޖާގަ ހޯދީ ރާއްޖޭގެ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ރޭ ދެއްކެވި ވާހަކަފުޅަކަށެވެ. އެމަނިކުފާނު ރޭ ވިދާޅުވީ، ތިިލަމާލެ ބުރިޖު ހިލޭ ޗައިނާ ސަރުކާރުން އަޅައިދޭނެ ކަމަށް މީގެ ކުރިން ބުނި ވާހަކަ އެވެ. އެހެން ނަމަވެސް އެއީ އެމަނިކުފާނު ދެވަނަ ދައުރަކަށް ހޮވިވަޑައިގެންނެވި ނަމަ ކަމަށް ވިދާޅުވި އެވެ. 

ފުރަތަމަ ވެސް ޗައިނާ އިން ކުރީ ޝަރުތެކެވެ. ދެވަނަ ދައުރަށް ރައީސް ޔާމީން ހޮވިވަޑައިނުގެންފިނަމަ ޗައިނާއިން ހިލޭ އަޅައިދޭނެ ކަމަށް ބުނި ބުރިޖެއް ނޭޅޭނެ އެވެ. އެއީ އެކަމުގެ އަޑީގައި ކޮންމެވެސް ސަބަބެއް އޮތީމަ ކަމަށް އަޅުގަނޑުގެ ޒަމީރު ގަބޫލު ކުރެއެވެ. ޗައިނާވިޔަސް އަދި ދުނިޔޭގެ އެހެން ގައުމަކުންވިޔަސް ރާއްޖެއަށް ކަމެއް ކޮށްދޭން ވަނީ ވެރިކަމުގެ ހުންނަ މީހާގެ މޫނަށް ނުވަތަ ކަނދުރާއަށް ބަލާފަ އެއް ނޫނެވެ. 

ގައުމުތަކުން މިވީހާތަނަށް ރާއްޖެއަށް ކަމެއް ކޮށްދިނީ މީހާއަށް ބަލާފަ އެއްވެސް ނޫނެވެ. އެހެން ނަމަވެސް ގައުމުތަކާއި ރާއްޖެއާއި ދެމެދު އޮންނަ ގުޅުމުގެ ސަބަބުންނެވެ. ހަމަ ޔަގީނުން ވެސް ސައުދީއިން މި ވޭތުވެގެން ދިޔަ ދިގު މާޒީގައި ރާއްޖެއަށް ކަދުރު ހަދިޔާ ކުރަނީ ވެރިކަމުގައި ހުންނަ މީހާގެ މޫނަކަށް ބަލާފަ އެއް ނޫނެވެ. 

ކަން މިހެން ހުރި އިރު، ޗައިނާއިން ހިލޭ ތިލަމާލެ ބުރިޖު އެމަނިކުފާނު ދެވަނަ ދައުރަކަށް ހޮވިއްޖެނަމަ ވެދުމަށް އަރުވާނެ ކަމަށް ރައީސް ޔާމީން ވިދާޅުވި އިރު، ޗައިނާއަށް މިކަމުގައި ވާނެ ފައިދާއެއް ވެސް އޮންނާނެ އެވެ. އެހެން ނަމަވެސް އެފައިދާގެ ވާހަކައެއް ރައީސް ޔާމީން ވިދާޅެއް ނުވެ އެވެ. ހަމަ ޔަގީނުން ވެސް އެދުމެއް ނެތި އެއްވެސް މީހަކު ވެދުމެއް ނުކުރާނެ ކަމީ ދުނިޔެވީ ހަގީގަތެކެވެ. 

ޗައިނާއަކީ ދުނިޔޭގެ އެކި ގައުމުތަކަށް ވަކިން ހާއްސަކޮށް މި ސަރަހައްދުގެ ގައުމުތަކަށް އަބަދުވެސް އެހީވަމުން އަންނަ ގައުމެކެވެ. އެހެން ނަމަވެސް އެކަމުގެ އަޑީގައި ގޮތް ހަގީގަތެއް ނޭނގެ އެވެ. ލަންކާ އަކީ ޗައިނާ އިން އަބަދުވެސް އެހީތެރިވަމުން އަންނަ ގައުމެކެވެ. އެކި ނަންނަމުގައި އެކިއެކި އެހީތެރިކަން އެގައުމުން ލަންކާއަށް ދެއެވެ. އެހެން ނަމަވެސް ލަންކާ އަށް އެހީތެރިކަން އެންމެ ބޭނުންވި ވަގުތު ލަންކާއިން ޗައިނާ އަތުން ނެގި ލޯނެއް ނުދެއްކުމުގެ ސަބަބަބުން ޗައިނާއިން ވަނީ ލަންކާގެ މުހިއްމު ބަނދަރެއްގެ މުޅި ކޮންޓްރޯލް ނަގާފަ އެވެ. މިއީ އެންމެ މިސާލެކެވެ. މިހެން އެތައް ކަމެއް އެބަހުއްޓެވެ. 

ކަން މިހެން ހުރިނަމަވެސް ޗައިނާ އަކީ އަބަދުވެސް ރާއްޖެއަށް ހެޔޮއެދޭ ގައުމެކެވެ. އެހެން ނަމަވެސް ހިލޭ ބޮޑު ބިރުޖެއް އަޅައިދޭނެ ކަމަށް ބުނުމަކީވެސް ބޮޑު މައްސަލައެކެވެ. ގައުމުގެ ރިޔާސަތާއި ދެވަނަ ދައުރަށް ހަވާލުވިނަމަ ތަބަކަށް ލާފައި ބުރިޖު ދޭނެ ކަމަށް ބުނި ވާހަކައިގެ ހަގީގަށް މިއަދު އެމަނިކުފާނު ރައްޔިތުންނަށް ސާފުކޮށްދޭން ޖެހޭނެ އެވެ. އެހެން ނޫންނަމަ ވެރިއެއްގެ ކުފޫ ހަމަނުވާކަމަށް ބެލެވިދާނެ އެވެ. 

ހަމަ ޔަގީނުންވެސް އެކަކުވެސް އެދުމެއްނެތި ވެދުމެއް ނުކުރާނެ އެވެ. 

58%
ކަމުގޮސްފި
11%
އަޑުއެހިތާ މިހުރީ
26%
ސަތޭކައަކުން ސުމެއް
5%
ވަރަށް ސަލާމް
ކޮމެންޓްސް