އިޒްރޭލު ސިފައިން ފަލަސްތީނުގެ ބައެއް ގޭގެއަށް ވަދެ ރޭޑް ކުރަން ފެށުމުން ފަލަސްތީނު މީހުންނާ ކުރިމަތިލުންތަކެއް ހިންގާފައިކަމަށް އިޒްރޭލުގެ ޑިފެންސް މިނިސްޓްރީން ވަނީ މިއަދު ބުނެެފައެވެ.
އިޒްރޭލުގެ ޑިފެންސް މިނިސްޓްރީން ބުނެފައިވަނީ ހަމަނުޖެހުން ހިނގީ ހުޅަނގު އައްސޭރީގެ ޖާބާ ޝަހަރުގައި ރޭގެ ވަގުތެއްގައިކަމަށެވެ.
ގަލާއި އަލިފާން ބޯޅަ ފަދަ އުކާފައިވާކަމަށް އިޒްރޭލުން ބުނެއެވެ.
އިޒްރޭލު އެއްވެސް ހަނގުރާމަވެރިއަކަށް އަނިޔާ ނުވާކަމަށް ބުނި ނަމަވެސް ފަލަސްތީނު މީހުންނަށް ލިބުނު އަނިޔާގެ ތަފްސީލު އާންމުކޮށްފައެއް ނުވެއެވެ.
އޮޕަރޭޝަނުގެ ތަފްސީލިވެސް އިޒްރޭލުން ނުދެއެވެ.
މިދިޔަ ހަފްތާގައި އިޒްރޭލުގެ ގައުމީ ފިކުރުގެ ހައްދުފަހަނަ އެޅި ބަޔަކު ވަނީ މަސްޖިދުލް އަހްގްސާ އަށް ވަދެ އެތަންވެސް ހިފާފައެވެ.