އެމައްސަލާގައި ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތައް ހުށަހެޅުމަށް އޮތް މިއަދުގެ އަޑުއެހުމުގައި އޮތީ، ތަހުގީގީ މަރުހަލާގައި ހުށަހަޅާފައިވާ ހުށަހެޅުންތައް ކޯޓަށް ބަލައިގަތުމާއި ނުގަތުމާއިމެދު ގޮތެއް ގޮތެއް ނިންމުމުގެ ކުރިން ދެ ފަރާތުގެ ވާހަކަތައް އަޑުއެހުމަށް ބޭއްވި ޕްރީ ޓްރައިލް މޯޝަން އަޑުއެހުމެކެވެ.
މި އަޑުއެހުމުގައި ދައުވާ ރައްދުވާ ފަރާތުން އެދިފައިވަނީ ދައުލަތުން ހުށަހަޅާފައިވާ، ސިއްރު ހެކިންގެ ހެކިބަސް ބަލައި ނުގަތުމަށެވެ. އެގޮތަށް ހުށަހެޅި ސަބަބެއްގެ ގޮތުގައި ދައްކާފައިވަނީ ރާއްޖޭގައި ހެއްކާއި ބެހޭ އެކަށީގެންވާ ގާނޫނެއް ނެތުމެވެ.
ރައީސް ނަޝީދަށް އަމާޒުކޮށް ގޮށްވާލި ސައިކަލު
ނަމަވެސް ދައުލަތުގެ ފަރާތުން އެދުނީ، ސިއްރު ހެކިބަސް ބަލައިގަތުމަށެވެ.
ދައުލަތުގެ ފަރާތުން މިއަދު ވަނީ، ތަހުގީގުގެ މަރުހަލާގައި "ހަނު ހުރުމަށް އިހްތިޔާރު ކުރުމަށްފަހު" ޝައްކުކުރެވޭ މީހުން، އެމީހުންގެ ދިފާއުގައި ކޯޓު މަރުހަލާގައި އަލިބީ އެޕްލިކޭޝަން ހުށަހެޅުމަށް ކޯޓުން ހުއްދަ ދެވޭނެތޯ ވެސް ސުވާލު އުފައްދާފަ އެވެ.
އެގޮތަށް ސުވާލު އުފައްދާފައިވަނީ، އެ މައްސަލާގައި ދައުވާކޮށްފައިވާ އއ. މާޅޮސް އަސަރީގެ، މުހައްމަދު ނާޒިމް ތަހުގީގު މަރުހަލާގައި ހަނު ހުރުމަށް އިހުތިޔާރުކުރުމަށްފަހު، މިއަދު ކޯޓުގައި "އެވަގުތު އެތަނުގައި ނުހުންނާނެ" ކަމަށް ބުނެފައިވާތީއެވެ.
ދައުލަތުން ބުނީ، އޭނާ ތަހުގީގު މަރުހަލާގައި ހަނު ހުރެފައިވާތީ، އެވަގުތު އެތަނުގައި ނެތްކަން ސާބިތުކުރަން ކޯޓު މަރުހަލާގައި ހެކި ހުށުހެޅުމުގެ ފުރުސަތު ގާނޫނުން ނުދޭ ކަމަށެވެ.
ދެ ފަރާތުގެ ހުށަހެޅުންތަކާއި ހެކިތައް ބަލައިގަތުމާއިމެދު ގޮތް ނިންމުމަށް ބާއްވާ އަޑުއެހުން އޮންނާނީ އަންނަ ބުރާސްފަތި ދުވަހު އެވެ.
ދައުވާކޮށްފައިވާ މީހުންގެ ތަފްސީލް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;