ads
އއ. މާޅޮސް އަސަރީގެ، މުހައްމަދު ނާޒިމް----
"ނަޝީދަށް އަމާޒުކޮށް ބޮން ގޮއްވާލި ދުވަހު މިސްކިތަށް ނޫން ތަނަކަށް ނުދަން"
ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ބޮމުގެ ހަމަލާ ދިން ދުވަހު މިސްކިތަށް ނޫން ތަނަކަށް ނުދާ ކަމަށް މައްސަލައިގައި ހައްޔަރުކޮށް ދައުވާކޮށްފައިވާ އއ. މާޅޮސް އަސަރީގެ، މުހައްމަދު ނާޒިމްގެ ފަރާތުން ކޯޓުގައި ބުނެފި އެވެ.
Advertisement

ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތައް ހުށަހެޅުމަށް އޮތް މިއަދުގެ އަޑުއެހުމުގައި، ތަހުގީގީ މަރުހަލާގައި ހުށަހަޅާފައިވާ ހުށަހެޅުންތައް ކޯޓަށް ބަލައިގަތުމާއި ނުގަތުމާއިމެދު ގޮތެއް ގޮތެއް ނިންމުމުގެ ކުރިން ދެ ފަރާތުގެ ވާހަކަތައް އަޑުއެހުމަށް ބޭއްވި ޕްރީ ޓްރައިލް މޯޝަން އަޑުއެހުމުގައި ދައުލަތުގެ ފަރާތުން ވަނީ ތަހުގީގުގެ މަރުހަލާގައި "ހަނު ހުރުމަށް އިހްތިޔާރު ކުރުމަށްފަހު" ޝައްކުކުރެވޭ މީހުން، އެމީހުންގެ ދިފާއުގައި ކޯޓު މަރުހަލާގައި އަލިބީ އެޕްލިކޭޝަން ހުށަހެޅުމަށް ކޯޓުން ހުއްދަ ދެވޭނެތޯ ސުވާލު އުފައްދާފަ އެވެ. 

އެގޮތަށް ސުވާލު އުފައްދާފައިވަނީ، އެ މައްސަލާގައި ދައުވާކޮށްފައިވާ އއ. މާޅޮސް އަސަރީގެ، މުހައްމަދު ނާޒިމް ތަހުގީގު މަރުހަލާގައި ހަނު ހުރުމަށް އިހުތިޔާރުކުރުމަށްފަހު، މިއަދު ކޯޓުގައި "އެވަގުތު އެތަނުގައި ނުހުންނާނެ" ކަމަށް ބުނެފައިވާތީއެވެ. 

ދައުލަތުން ބުނީ، އޭނާ ތަހުގީގު މަރުހަލާގައި ހަނު ހުރެފައިވާތީ، ކޯޓު މަރުހަލާގައި އެކަމަށް ހެކި ހުށުހެޅުމުގެ ފުރުސަތު ގާނޫނުން ނުދޭ ކަމަށެވެ.

އެކަމުގެ ރައްދުގައި ނާޒިމުގެ ވަކީލުންގެ ފަރާތުން ބުނެފައި ވަނީ، ޕީޖީއިން ބަހުސްކޮށްފައިވާ ގޮތާއި ހިލާފަށް އެތަނުގައި އެވަގުތު ނާޒިމް ނެތްކަން ސާބިތުކޮށްދޭން ތަހްގީގު މަރުހަލާގައި ހެކި ހުށަހަޅާފައިވާ ކަމަށެވެ.

އެގޮތުން ދައުލަތުން ހުށަހަޅާފައިވާ ކިތާބީ ހެކިތަކުގެ ތެރޭގައިވާ ނާޒިމުގެ ފަރާތުން ދިވެހި ފުލުހުންގެ ހިދުމަތަށް ދީފައިވާ ބަޔާނުން ވެސް އެކަން އެނގޭ ކަމަށް ވިދާޅުވިއެވެ. އެ ބަޔާނުގައި ނާޒިމު ބުނެފައިވަނީ އޭނާ އެދުވަހު މިސްކިތައް ނޫން ތަނަކަށް ނުދާކަން އޭނާ ދިރިއުޅުނު ގޭ މީހުންނަށް އެނގޭނެ ކަމަށެވެ.

“އަދި 2021 މެއި 04 ވަނަ ދުވަހުން ފެށިގެން 2021 މެއި 09 ވަނަ ދުވަހާއި ހަމައަށް ގެއިން ބޭރަށް މިސްކިތަށް ނޫން ތަނަކަށް ނުދާކަން އަޅުގަނޑު ހުޅުމާލޭގައި ދިރިއުޅޭ ފްލެޓް، ހުޅުމާލެ ފްލެޓް 04-01-84 ގައި އުޅޭ އަހްމަދު ރަމީޒް )ދާއިމީ އެޑްރެސް ނޭނގޭ( އާއި، އަހްމަދު ރަމީޒްގެ އަންހެނުން ރަނިއްޔާ )ފުރިހަމަ ނަމާއި އެޑްރެސް ނޭނގޭ( އެނގޭނެއެވެ." ނާޒިމް ތަހުގީގަށް ދީފައިވާ ބަޔާނުގައި އޮންނަ ކަމަށް އޭނާގެ ވަކީލުންގެ ޓީމުން ވިދާޅުވިއެވެ.

މި ބަޔާނަށް ބަލާއިރު، އޭނާގެ ދާއިމީ އެޑްރެހާއި ކޮންޓެކްޓް ކުރެވޭނެ އެޑްރެސް އަދި ފޯން ނަންބަރު ދިވެހި ފުލުހުންގެ ހިދުމަތަށް ލިބި، އެތަކެތީގެ ޒަރީއާއިން ތަހްގީގުގައި އޭނާއާ ސުވާލު ވެސް ކުރެވިފައިވާތީ، ޝަފަވީ ހެއްކެއްގެ ގޮތުގައި ހުށަހަޅާފައިވާ އަހްމަދު ރަމީޒް އަކީ ޖިނާއީ އިޖުރާއާތުގެ ޤާނޫނުގައިވާ ގޮތުގެ މަތިން ނާޒިމްގެ ފަރާތުން ކުށުގެ އަމަލު ހިނގި ތަނުގައި ނެތް ކަމުގެ ދިފާއު ނަގައި، އޭނާ އުޅުނު ތަންތަން ކިޔައިދީ، އެކަމަށް ބާރުދޭ ހެއްކެއްގެ ގޮތުގައި ފުރިހަމަ މައުލޫމާތާއެކު ހުށަހަޅާފައިވާ ހެއްކެއް ކަމަށް ނާޒިމްގެ ވަކީލުން ވިދާޅުވިއެެވެ. 

އެހެންކަމުން، ރަމީޒު ހެއްކެއްގެ ގޮތުގައި ބަލައިގަންނަން ނުޖެހޭ ސަބަބެއް ޖިނާއީ އިޖުރާއާތުގެ ޤާނޫނުގައިވެސް ނެތުމުން، ނާޒިމް ހުށަހަޅާފައިވާ ގޮތުގެ މަތިން ޝަފަވީ ހެއްކެއްގެ ގޮތުގައި ރަމީޒް ބަލައިނުގަނެވޭނެ ސަބަބެއް ނެތް ކަމަށް ކަނޑައަޅައިދެއްވުމަށް އޭނާގެ ވަކީލުން ވަނީ މިއަދު ކޯޓުގައި އެދިފަ އެވެ. 

ދެ ފަރާތުގެ ހުށަހެޅުންތަކާއި ހެކިތައް ބަލައިގަތުމާއިމެދު ގޮތް ނިންމުމަށް ބާއްވާ އަޑުއެހުން އޮންނާނީ އަންނަ ބުރާސްފަތި ދުވަހު އެވެ.

ނާޒިމަކީ ދީނީ ހަރުކަށި ފިކުރުގެ މީހެއް ކަމަށް ތުހުމަތު ކުރެވޭއިރު، އޭނާ އަކީ ސީރިއާގެ ހަނގުރާމައިގައި ބައިވެރިވާން އެ ގައުމަށް ދާން އުޅެނިކޮށް، ތުރުކީގެ ބޯޑަރު ކައިރިން ހައްޔަރުކޮށް، އަނބުރާ ރާއްޖެ ފޮނުވައިލި މީހެކެވެ. 

ބޮމުގެ ހަމަލާގައި އޭނާގެ މައްޗަށް ކޮށްފައިވަނީ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ދައުވާ އެވެ. ދައުލަތުން ބުނެފައިވާގޮތުގައި އޭނާއަކީ ބޮން ގޮއްވާލި އަދުހަމް ފިލުވުމަށް އެރޭ ސައިކަލުގައި ހުޅުމާލެ ގެންދިޔަ މީހާއެވެ. 

63%
ކަމުގޮސްފި
13%
އަޑުއެހިތާ މިހުރީ
13%
ސަތޭކައަކުން ސުމެއް
13%
ވަރަށް ސަލާމް
ކޮމެންޓްސް