ހައިކޯޓުގެ ދެ ފަނޑިޔާރުން ވަކިކުރުމާ ގުޅޭގޮތުން މަޖިލީހަށް ހުށަހަޅާފައިވާ ރިޕޯޓަށް ބަހުސްކުރައްވަމުން ބޮންޑޭ ވިދާޅުވީ، ދެ ފަނޑިޔާރުންގެ މައްސަލައިގައި ބައިބައިވުން އުފެދެނީ ދާދިފަހުން ނިމުނު އެމްޑީޕީގެ ޕްރައިމަރީއާއި ކަމަށެވެ.
އެގޮތުން ބޮންދާ ވިދާޅުވީ މައްސަލައަކީ ޖުޑީޝަރީ ކޮމެޓީގައި އިންނަވައިގެން އެމްޑީޕީގެ ޗެއާޕާސަން ކަމަށް ކުރިމަތިލެއްވި އިންތިއާމް ފަހުމީ، އިންތި ޗެއާ ކުރައްވާ ކޮމެޓީއަކުން ޖޭއެސްސީގެ ރިޕޯޓު ގޯސްކަމަށް ނިންމުމުންކަމަށެވެ. އެހެންކަމުން "ސަރުކާރުގެ ބާރު އޮންނަ" އެމްޑީޕީގެ ޕީޖީގުރޫޕުން ތްރީލައިން ވިޕެއް ނެރި ފަނޑިޔާރުން ވަކިކުރަން ނިންމާފައިވާކަމަށެވެ.
އެހެންކަމުން ބޮންޑޭ އެ ވިދާޅުވަނީ މިއީ އެމްޑީޕީގެ ޗެއާޕަންކަމުގެ އިންތިހާބުގައި އިންތި އާއި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް އާއި ދެމެދު އޮތް ވާދަވެރިކަމުން ހިނގިކަމެއް ކަމަށެވެ. ބެލެވޭ ގޮތުގައި "ބްރޯ" ކަމަށް ބޮންޑޭ އެ ވިދާޅުވީ މިނިސްޓަރު ފައްޔާޒަށެވެ.
ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރު އަބްދުއްރައޫފް އިބްރާހީމް އަދި ފަނޑިޔާރު އަބްދުﷲ ހަމީދު ފަނޑިޔާރުކަމުން ވަކިކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން(ޖޭއެސްސީ) އިން ނިންމީ ގޯސްކޮށް ކަމަށް ރައްޔިތުންގެ މަޖިލީހުން އެމައްސަލަ ދިރާސާކުރި ޖުޑިޝަރީ ވަނީ އިއްތިފާގުނެ ނިންމާފައެވެ.
ބޮންޑެ ވިދާޅުވީ ބީޖޭޕީ ރަސޫލާއާއި ގުރުއާނަށް ފުރައްސާރަކުރި މައްސަލައިގައި ވިޕް ނެރުނީ ހޯމް މިނިސްޓަރުވެސް ހިމެނިވަޑައިގަންނަވާ ގޮތައް ސަރުކާރުން ކަމަށެވެ.
މާފަންނު ހުޅަނގު ދާއިރާގެ މެންބަރު ވިދާޅުވީ ތްރީލައިން ވިޕް ނެރުމުގެ ބާރު އޮތްކަމުގައި ވިއަސް ވިޕް ނެރުމުގައި ވިސްނަންޖެހޭ ކަންކަން އެބައޮތް ކަމަށެވެ.
ބޮންޑޭ ވިދާޅުވީ ރަސޫލާއާއި ގުރުއާނަށް އިންޑިއާގައި ވެރިކަން ކުރާ ބީޖޭޕީ އިން ފުރައްސާރަ ކުރި މައްސަލައިގައި ވިޕް ނެރުނީ ވެސް "ސިއްރުން" ކަމަށެވެ.
އެމްޑީޕީގެ އަސަސީ ގަވާއިވާއިދު ބުނާގޮތުން އެ ޕާޓީގެ ޕާލިމެންޓަރީ ގުރޫޕުން ނެރޭ ތްރީލައިން ވިޕަކާ އެ ޕާޓީގެ މަޖިލިސް މެންބަރުން ހިލާފުވުމަކީ ޕާޓީން ވަކުކުރެވޭ ވަރުގެ ކުށެކެވެ.
އެމްޑީޕީގެ ޕާލިމެންޓަރީ ގުރޫޕުގެ ރައީސް އަކީ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހަންމަދު އަސްލަމް އެވެ.