
ބައެއް މީޑިއާތަކަށް ދެއްވި އިންޓަވިއުތަކުގައި މުއިއްޒު ވަނީ ފުލުހުންގެ ހާއްސަ ޓީމުން މާލޭ މިސްކިތްތަކުހައި މަސްތުގެ ހާލުގައި ތިބޭ މީހުން ނިދާ މައްސަލައާއި، ކުނީގެ މައްސަލައާއި، ފިހާރަތަކުން މަގުމަތީގައި މުދާ ބެހެއްޓުން ފަދަ މައްސަލަތައް ހައްލުކުރަން ފުލުހުންގެ ޓީމުގެ ބޭނުން ހިފާނެކަމަށް ވިދާޅުވެފައެވެ.
މި މަސައްކަތްތަކުގައި ބޭނުންކުރާނީ "ސްޕެޝަލް ކޮންސްޓަަބަލް" ފުލުހުންނެވެ. އަދި އެ ޓީމަށް ބޭނުންވާ ފުލުހުން ނެގުމުގެ މަސައްކަތް މިހާރު ކުރިއަށް ދާކަަމަށް ވެސް މުއިއްޒު ވަނީ ވިދާޅުވެފައެވެ.
ފުލުހުންގެ މި ފޯސް ވަޒީފާއަށް ނެރެނީ ކޮންއިރަކުކަމެއް މުއިއްޒު ވިދާޅެއް ނުވެއެވެ. ނަަމަވެސް ވަރަށް އަވަހަށް އެ ފޯސް ނެރޭނެކަަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.
މިއީ ދިވެހި ތާރީހުގައިވެސް ސިޓީ ކައުންސިލެއްގެ ދަށުން ފުލުން ހަރަކާތްތެރިވާ ފުރަތަމަ ފަހަރެވެ. ދުނިޔޭގެ ތަހުޒީބު ވެފައިވާ ގިނަ ގައުމުތަކުގައި ފުލުހުންނަކީ ސިޓީ ކައުންސިލްތަކުގެ ދަށުން މަސައްކަތް ކުރާ ބައެކެވެ.