ads
ރައީސް ސޯލިހާއި ބޮޑު ވަޒީރު މޯޑީ
ދީނާއި ރަސޫލާއަށް ފުރައްސާރަ ކުރި މައްސަލަ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި
އިސްލާމް ދީނާއި ރަސޫލާއަށް ފުރައްސާރަ ކުރި މައްސަލަ ދިވެހި ސަރުކާރުން ކުށްވެރިކޮށްފިއެވެ.

ދިވެހި ސަރުކާރުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އިންޑިއާގެ ބީޖޭޕީ ޕާޓީގެ އޮފިޝަލުން އިސްލާމް ދީނާއި ކީރިތި ރަސޫލާއަށް މުހާތަބުކޮށް ދައްްކާފައިވާ ވާހަކަ ތަކާމެދު ކަންބޮޑުވާކަމަށެވެ. 

"އިސްލާމް ދީނަށް ފުރައްސާރަކޮށް ވާހަކަ ދައްކާނަމަ އަދި ދީނުގެ އަސާސުތައް އޮޅޭގޮތައް ދައްކާ ކޮންމެ ވާހަކައަކާއި އަދި ކުރާ ކޮންމެ ކަމަކާ ދިވެހި ސަރުކާރު ދެކޮޅުވާނެ،" ކަމަށް ބަޔާނުގައި ބުނެފައިވެއެވެ. 

އެ އޮފިޝަލުންނާމެދު ފިޔަވަޅު އަޅާފައިވާތީ އެކަމަށް ސަރުކާރުން ވަނީ އިންޑިއާ ސަރުކާރަށާއި ބީޖޭޕީއަށް މަރުހަބާ ވެސް ކިޔާފައެވެ. 

މި މައްސަލައިގައި ދިވެހި ސަރުކާރުން ކަންބޮޑުވުން ފާޅުކޮށް ބަޔާނެއް ނެރުމަށް ގޮވާލާ މެންބަރު އާދަމް ޝަރީފް ވެސް ވަނީ ކުއްލި މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް މިއަދު ވައްދާފައެވެ. 

ނަމަވެސް މަޖިލީހުން އެ މައްސަލަ ވަނީ ބަހުސް ނުކޮށް ބޭރުކޮށްލާފައެވެ. 

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް