މިގޮތުން އެ ހޮސްޕިޓަލުގެ ޓީމެއް މިހާރު އަންނަނީ އަތޮޅުތެރޭގެ ރަށްތަކަށް ޒިޔާރަތްކޮށް އެ ތަންނުގެ މުވައްޒަފުން ތަމްރީނުކުރުމުގެ މަސައްކަތް ވެސް ކުރަމުންނެވެ.
އެގޮތުން ކީމޯ ތެރަޕީ ދޭނެ ގޮތްތަކާއި، ކެންސަރަށް ސްކްރީން ކުރާނެ ގޮތް ވެސް އަންނަނީ ދަސްކޮށްދެމުންނެވެ.
ކީމޯ ތެރަޕީގެ ފަރުވާ ބޭހުން ވެސް ދައި އިންޖެކްޝަނުން ވެސް ދެވިދާނެއެވެ.
ކީމޯގެ ބޭނުމަކީ ކެންސަރު ޖައްސާ ސެލްތައް އުފެއްދުން ހުއްޓުވުމެވެ.
ކެންސަރު ބަލީގައި ދިވެހިރާއްޖެއިން 100 އަށްވުރެ ގިނަ މީހުން މިދިޔަ އަހަރުވެސް މަރުވިއެވެ.
ކެންސަރު ބައްޔަށް ހާއްސަ ހޮސްޕިޓަލެއް ލ. ގަމުގައި އެޅުމުގެ މަސައްކަތް ސަރުކާރުން ވަނީ އިއުލާނުކޮށްފައެވެ. ނަަމަވެސް އަދި މަސައްކަތްތައް ނުފަށައެވެ.