މި މައްސަލަ މިހާރު ވަނީ އިންޑިއާ ފުލުހުގައި ރެޖިސްޓާ ވެސް ކޮށްފައެވެ.
ނުރައްކާތެރި ގޭންގުން ސަލްމާންގެ އިތުރުން ސަލްމާންގެ ބައްޕަ ސާލިމް ހާން އަށްވެސް އިންޒާރު ދީފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ.
އެ ގޭންގުން ވަނީ އިންޒާރުދީ ސަލްމާން ހާން އަށް ސިޓީއެއް ފޮނުވާފައެވެ.
މީގެ ސަބަބުން ސަލްމާން ދިރިއުޅޭ ސަރަަހައްދުގެ ސެކިއުރިޓީވެސް އިންޑިއާ ފުލުހުން ވަނީ ވަރުގަދަކޮށްފައެވެ.
މޫސޭ ވާލާ މަރާލާފައިވަނީ ކެނެޑާއަށް ނިސްބަޔްވާ " ގޯލްޑީ ބްރާރް" ނަމަކަށް ކިޔާ ގޭންގަކުންނެވެ. އޭނާ މަރަލާފައިނީ އޭނާގެ ޖިޕުގައި ދުއްވާފައި ދަނިކޮށް ބަޑި ޖަހައިގެންނެވެ.