ads
ޝިފާ
ޝިފާގެ މައްސަލަ އެއްވެސް ފަރާތަކުން ހުށަހަޅާފައެއް ނެތް: ފުލުހުން
ޓިކްޓޮކުން ދިވެހިންގެ މަގުބޫލުކަމެއް ހޯދި މަރިޔަމް ޝިފާގެ މައްސަލައެއް ފުލުހުންނަށް އަދި މިހާތަނަށް ހުށަހަޅާފައި ނުވާކަމަށް ފުލުހުން ބުނެފި އެވެ.

ޝިފާ އާއި އިތުރު އަންހެނަކު ބަރަހަނާކޮށް ތިބެ އެއްޖިންސުން ގުޅުން ހިންގާ މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާއްމުވެފައި ވާއިރު، މަޝްހޫރު ފެޝަން ޑިޒައިނަރު އަދި ނެށުންތެރިއާ ޖާދުﷲ އިސްމާއިލް އިސްވެގެން ހަދާފައިވާ ފިލްމީތަރިންގެ ނަށާ ގުރޫޕުން ޝިފާ ބޭރުކޮށްލާފައި ވާކަމަށް ޖާދުﷲ ވަނީ މިއަދު ބުނެފަ އެވެ. 

މިއަދު ޖާދު ކުރި ފޭސްބުކް ޕޯސްޓެއްގައި ބުނެފައިވަނީ "އެއްޖިންސުން ގުޅުން ހިންގާކަމަށް ޝިފާ އިއުތިރާފު" ވެފައިވާކަމަށެވެ. 

މިކަމާއި ގުޅިގެން "ސީއެންއެމް" އިން ފުލުހުންނަށް ގުޅުމުން، އަދި މިހާތަނަށް ޝިފާގެ މިފަދަ މައްސަލައެއް އެއްވެސް ފަރާތަކުން ފުލުހުންނަށް ހުށަހަޅާފައި ނުވާކަމަށް ވަނީ ބުނެފަ އެވެ.

މި ކަމަކީ އާއްމު މަސްލަހަތާއި ގުޅިފައިވާ މައްސަލައެއް ކަމުން މި މައްސަލަ ފުލުހުން އިސްވެ ބަލަން ނިންމާފައިވޭތޯ ސުވާލު ކުރުމުން. ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އެކަމާއި ގުޅިގެން މައުލޫމާތު ސާފުކުރުމަށްފަހު އަންގާނެ ކަމަށެވެ. 

ޝިފާގެ ވީޑިއޯއެއް ދައުރުވަމުން އަންނަ އިރު، އޭނާގެ ބައެއް އަމަލުތަކުގެ ސަބަބުން މީގެ ކުރިންވެސް ގިނަބައެއްގެ ފާޑުކިޔުން އޭނާ އަށް ވަނީ އަމާޒުވެފަ އެވެ. 

ފުލުހުންގެ ގާނޫނުގައި ވާގޮތުން އާއްމު މަސްލަހަތައް ގެއްލުންވާ ކަންކަން އަމިއްލަ އަށް އިސްނަގައިގެން ފުލުހުންނަށް ބެލުމުގެ ބާރެއް ލިބިފައިނުވެ އެވެ. އެހެން ނަމަވެސް ފުލުހުން ވަނީ މީގެ ކުރިން އާއްމު މަސްލަހަތައް ގެއްލުންވާކަމަށް ބުނެ ރާއްޖޭގެ ކުރީގެ ރައީސް އަބްދުﷲ ޔާމީން ދިރިއުޅުއްވަމުން ގެންދަވާ ގެކޮޅުގައި ނަގާފައި ހުރި ބެނާއެއް ނަގާފަ އެވެ. 

26%
ކަމުގޮސްފި
57%
އަޑުއެހިތާ މިހުރީ
13%
ސަތޭކައަކުން ސުމެއް
4%
ވަރަށް ސަލާމް
ކޮމެންޓްސް