އައިޝްވާރިއާ ބުނީ އޭނާގެ ފޯކަސް އަކީ އާއިލާއާއި ދަރިން ކަމަށެވެ.
ފިލްމީތަރި ވަނީ ޒަމާންތަކަކަށްފަހު "ޕޮނިޔިނީ ސެލްވަން" ނަމަކަށް ކިޔާ ތާރީހީ ސީރީޒް އެއްގެ ދެ ޕާޓު ކުޅުމަށް އެއްބަސްވެފައެވެ.
"ޑައިރެކްޓަރު މަނީ ރަތަމަން އާއެކު މަސައްކަތް ކުރުމަކީ ވަރަށް ބޮޑު އުފަލެއް. އަލުން ފެނުނަސް އަޅުގަނޑުގެ ފޯކަސް ބަދަލެއް ނުވޭ. އެއީ ދަރިންނާ އާއިލާ" އަލަށް ކުޅޭ ފިލްމާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން އައިޝްވާރިއާ ބުންޏެވެ.
އައިޝްވާރިއާ ބުނީ ކިރިއަށް އޮތްތަނުގައި އޭނާގެ ފިރިމީހާ އަބީޝޭކް ބަޗަންއާއެކު ވެސް ސްކްރީނުން ފެނުން އެކަށީގެންވާ ކަމަށެވެ.