ads
ރާއްޖޭގައި ކްލައިމެޓް އެމާޖެންސީ އިއުލާނު ކުރުމަށް މަޖިލީހުން ފާސްކޮށްފި
ދިވެހިރާއްޖޭގައި ކްލައިމެޓް އެމާޖެންސީ އިއުލާނު ކުރުމަށް ގޮވާލާ ގަރާރެއް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.
Advertisement

"ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލައަށް ހައްލެއް ނުލިބި އަދި މި ބޮޑު ނުރައްކަލުން ދުނިޔެ ސަލާމަތްކުރުމަށް އޮތް ހަނި ފުރުސަތު ދުވަހެއް ދުވަހަކަށް ކުޑަވަމުންދާތީ، އެކަމުގެ ކަންބޮޑުވުން ފުޅާކޮށް އަދި އެ ކަންބޮޑުވުން ދުނިޔޭގެ ސަމާލުކަމަށް ގެނައުމަށް އެދި ހުށަހަޅާ ޤަރާރު" ކްލައިމެޓް ޗޭންޖް ކޮމިޓީން ދިރާސާކުރައްވައި ނިންމިގޮތުގެ ރިޕޯޓް މަޖިލީހަށް ހުށަހަޅުއްވާފައިވަނީ ކްލައިމެޓް ޗޭންޖް ކޮމިޓީގެ މުގައްރިރު ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމެވެ. 

ކްލައިމެޓް ޗޭންޖް ކޮމިޓީން މަޖިލީހަށް ހުށަހެޅި ރިޕޯޓްގައި އެދިފައިވަނީ، ރާއްޖޭގައި "ކްލައިމެޓް އެމާޖެންސީ" އިއުލާނު ކުރުމަށް ފާސްކުރުމަށެވެ. 

ކޮމިޓީގެ ނިންމުން ފާސްކުރަން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބައިވެރިވި 68 މެމްބަރުން ވޯޓު ދެއްވާފައިވެ އެވެ. 

އެ ގަރާރު ފާސްކޮށްފައި ވަނީ ސަރުކާރާއި ރައީސުލްޖުމްހޫރިއްޔާގެ ސަމާލުކަމަށް އެކަން ގެނެސް ގަރާރުގައި ވާ ކަންކަން ކުރުމަށް ސަރުކާރަށް ގޮވާލައެވެ. 

ކޮމިޓީ ރިޕޯޓް މަޖިލީހަށް ހުށަހަޅުއްވަމުން ސަލީމް ވިދާޅުވީ، ދުނިޔޭގެ އެވްރެޖް ފިނިހޫނުމިން އިތުރު ދެ ޑިގްރީސެލްސިއަަސް އަށް އުފުލުނު ކަމުގައި ވިޔަސް ރާއްޖޭގެ ނާޒުކު ފަރުތައް ހަލާކުވެ ނެތި ދާނެ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ކަނޑުގެ ލޮނުގަނޑު އުފުލި ވާރޭވެހޭ މިންވަރު ރާއްޖެއަށް އިތުރުވެ ފެންބޮޑުވުމުގެ މައްސަލަތައް އިތުރަށް ބޮޑުވާނެކަން ސަލީމް ފާހަގަ ކުރެއްވި އެވެ. 

ސަލީމް ވިދާޅުވީ ރާއްޖެއަށް ދިމާވެފައިވާ މޫސުމީ ބޮޑު ގޮންޖެހުން ދިމާވެފައިވަނީ ރާއްޖޭގެ ރައްޔިތުންގެ ސަބަބުން ނޫންކަމަށެވެ. އެހެން ނަމަވެސް އެކަމުގެ ހިތި ތަހައްމަލު ކުރަންޖެހިފައިވަނީ ދިވެހި ރައްޔިތުންނަށް ކަން ސަލީމް ފާހަގަކުރެއްވި އެވެ. 

56%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
11%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް