ads
ތުރުކީގެ ރައީސް އުރުދުގާން
2023 ގެ އިންތިހާބުގައި އުރުދުގާން ވާދަ ކުރާނެކަން އިއުލާން ކުރައްވައިފި
ކުރިއަށް އޮތް 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާނެ ކަމަށާއި، އޭގެ ކުރިން އެގައުމުގައި އަވަސް އިންތިހާބެއް ނުބާއްވާނެ ކަމަށް ތުރުކީގެ ރައީސް، ރަޖަބް ތައްޔިބު އުރުދުގާން ވިދާޅުވެއްޖެ އެވެ.

އަންނަ އަހަރުގެ ޖޫން މަހުގެ 18 ވަނަ ދުވަހު އެގައުމުގައި ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބަށް ވާދަކުރައްވާނެ ކަން އުރުދުގާން ވިދާޅުވެފައި މިވަނީ، އުރުދުގާންއަށް ރައްޔިތުން މިހާރު އިތުބާރު ނުކުރާ ކަމަށާއި، ގައުމުގެ މަސްލަހަތައްޓަކައި ވީ އެންމެ އަވަހަކަށް ތުރުކީގައި އަވަސް އިންތިހާބެއް ބާއްވަން ޖެހޭ ކަމަށް، އެގައުމުގެ އިދިކޮޅު ފަރާތްތަކުން ގޮވާލަމުން އަންނަ ދަނޑިވަޅެއްގަ އެވެ. 

ދެހާސް ތިންވަނަ އަހަރުން ފެށިގެން ތުރުކީގައި އޮންނަ ކޮންމެ ރިޔާސީ އިންތިހާބެއްގައި އުރުދުގާން ވާދަކުރައްވަމުން އަންނަ އިރު، އުރުދުގާން އަކީ ތުރުކީގެ 12 ވަނަ ރައީސް އެވެ. އުރުދުގާން ވަނީ މީގެ ކުރިން އެގައުމުގެ ބޮޑުވަޒީރު ކަމުގެ މަގާމުވެސް އަދާ ކުރައްވާފަ އެވެ. 

އެހެން ނަމަވެސް އެގައުމުގެ އިދިކޮޅު ފަރާތްތަކުން ބުނާ ގޮތުގައި، އުރުދުގާންގެ ވެރިކަމުގެ ޒައާމަތުގައި އެގައުމުގެ ހާލަތު ދަށަށް ދަމުން އަންނަ ކަމަށާއި، ގައުމަށް ކުރިއެރުމެއް ލިބިފައި ނުވާ ކަމަށެވެ. އެހެން ކަމުން ގައުމުގެ ވެރިކަމަށް އާ ފަރާތެއް އިންތިހާބު ކުރަން ޖެހޭ ކަމަށް އިދިކޮޅު ފަރާތްތަކުން އަންނަނީ ބުނަމުންނެވެ. 

އެގައުމުގެ އިދިކޮޅު ފަރާތްތަކުން އުރުދުގާން ފެއިލް ވެފައިވާކަމަށް ބުނި ނަމަވެސް ދުނިޔޭގެ ގިނަ ގައުމުތަކުގެ ކުރިމަތީ އުރުދުގާން ދައްކަވާ ސާބިތުކަމުގެ ސަބަބުން ތުރުކީ އަކީ ނުފޫޒުގަދަ ގައުމެއްކަމަށް ގިނަ ބަޔަކު ދެކެއެވެ. އަދި އެގައުމުގެ އިގްތިސާދާއި، އެގައުމުގެ އަސްކަރިއްޔާއަށް އުރުދުގާންގެ ސަބަބުން ބޮޑެތި ކުރިއެރުންތަކެއް ލިބިފައި ވާކަމަށްވެސް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ. 

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
25%
ސަތޭކައަކުން ސުމެއް
25%
ވަރަށް ސަލާމް
ކޮމެންޓްސް