ads
އިސްހާގު
އިންޒާރުދީ ބިރުދައްކާތީ ބޮމުގެ ހަމަލާ މައްސަލައިން އިސް ގާޒީ ތަނާޒުލްވެއްޖެ
ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާ އާއި ގުޅިގެން ކޯޓުގައި ކުރިއަށްދާ މައްސަލަަ ބައްލަވާ އިސް ގާޒީ އާދަމް މުހައްމަދު އެމައްސަލައިން ތަނާޒުލްވެ ވަޑައިގެންފި އެވެ.
Advertisement

އިސް ގާޒީ އެމައްސަލައިން ތަނާޒުލުވެވަޑައިގަތީ، އިންޒާރާއި ބިރުދެއްކުމުގެ އަމަލެއް އޭނާއާއިމެދު ހިންގާފައިވާތީ މަސްލަހަތު ފުށުއަރާނެ ކަމަށް ގަބޫލުކުރައްވާތީ އެވެ.

ބޮމުގެ ހަމަލާއާއި ގުޅިގެން މިއަދު އޮތް އަޑުއެހުން ފަށަމުން ގާޒީ އާދަމް ވިދާޅުވީ ކްރިމިނަލް ކޯޓަށް ބޮމުގެ ހަމަލާގައި ތުހުމަތުކުރެވޭ ކ. މާލެ މ. ކުދެހިގެ އިސްހާގުގެ ފަރާތުން ސިޓީއެއް ލިބިފައިވާ ކަމަށެވެ. 

އެ ސިޓީގައި ބްލޮގާ ޔާމީން ރަޝީދުގެ މަރުގެ މައްސަލާއާ ގުޅިގެން އިޝްހާގުގެ ދަރިއެއް ކަމަށްވާ މުހައްމަދު އިއުފާފު އިސްހާގު، ގާޒީ އާދަމާއި އޭނާގެ އަނބިކަބަލުންނަށް މަރުގެ އިންޒާރު ދީފައިވާ ކަމަށް ބުނެފައިވެއެވެ. 

ގާޒީ އާދަމް ވިދާޅުވި ގޮތުން މީގެ ކުރިން، އިންޒާރު ދިނީ އިސްހާގުގެ ދަރިއެއް ކަން އޭނާއަށް ނޭނގެއެވެ. ނަމަވެސް އެކަން އެގުމަށްފަހު އިސްހާގާއިމެދު ވަކިގޮތަކަށް އަމަލުކޮށްފާނެ ކަމަށް ބެލުމުގެ ފުރުސަތު އޮތުމުން މައްސަލައިން ތަނާޒުލްވާން ނިންމީ ކަމަށް ވިދާޅުވެ، މިއަދުގެ އަޑުއެހުން ވަނީ ނިންމާލާފަ އެވެ. 

އިސްހާގަކީ ހަމަލާ ދިނުމުގައި އިސްކޮށް އުޅުނު ކަމަށް ބުނާ މީހާއެވެ. އިސްހާގަށް ތިން ދައުވާއެއް ވަނީ ކޮށްފަ އެވެ. އެއީ ގޮވާތަކެތި އެހެން ތަނަކަށް ގެންދިޔުމުގެ ދައުވާ އާއި ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ދައުވާ ޓެރަރިޒަމްގެ އަމަލެއް ހިންގުމުގައި ބައިވެރިވުމުގެ ދައުވާ އެވެ. 

ގޮވާތަކެތި އެހެން ތަނަކަށް ގެންދިޔުމާއި ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ކުށް ސާބިތުވެއްޖެ ނަމަ 12 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލު ހުކުމެއް އަންނާނެ އެވެ. އަދި ޓެރަރިޒަމްގެ އަމަލެއް ހިންގުމުގައި ބައިވެރިވުމުގެ ދައުވާ ސާބިތުވެއްޖެ ނަމަ އަންނާނީ 17 އަހަރާއި 20 ދެމެދުގެ ޖަލު ހުކުމެކެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް