ads
ޗަންކީ އާއި ދަރިފުޅު އަނަންޔާ--
އަހަންނަށް ހާސިލުނުވި ހުރިހާ ކަމެއް އަނަންޔާއަށް ހާސިލުވާތަން ދެކެން ބޭނުން: ޗަންކީ
ފިލްމީ ދާއިރާއިން ހާސިލުނުވި ހުރިހާ ކަމެއް އަނަންޔާ ޕާންޑޭ ހާސިލުކުރާތަން ދެކެން ބޭނުންވާ ކަމަށް ފިލްމީ ތަރި އަދި އަނަންޔާގެ ބައްޕަ، ކަންކީ ޕާންޑޭ ބުނެފި އެވެ.

މިދިޔަ އަހަރު ކަރަން ޖޯހަރުގެ ސްޓޫޑަންޓް އޮފް ދަ އިޔާ 2 އަކުން ބޮލީވުޑަށް ތައާރަފުކި އަނަންޔާއަށް އަންނަނީ ފިލްމީ ދާއިރާއިން މިހާރު ވެސް ގިނަ މަސައްކަތްތަކެއް ލިބެމުންނެވެ. އެހެންވެ އެކަމަށްޓަކައި އުފަލުން ފޮޅިފައި ހުރި ޗަންކީ ބުނީ ފިލްމީ ދާއިރާގައި އަމިއްލައަށް ނަން ވިދާލުމަށް ދަރިފުޅު ކުރާ މަސައްކަތް ފެނި އުފާވާ ކަމަށެވެ. 

އެގޮތުން ފިލްމީ ދާއިރާއިން ހާސިލުކުރަން އޭނާ ހުވަފެން ދެކުނު ކަންކަން ހާސިލު ނުވި ނަމަވެސް ދަރިފުޅު އަނަންޔާއަށް ހުރިހާ ކަމެއް ހާސިލުވެ ކާމިޔާބު މީހަކަށްވާ ދުވަސް ދެކެން ބޭނުން ކަމަށް ވެސް ބުންޏެވެ.

އުމުރުން އެންމެ 21 އަހަރުގެ އަންނަޔާ މިދިޔަ އަހަރު ނެރުނު، "ޕައްތީ ޕަތުނީ އޯރް ވޯ" އިން ވެސް ފެނިގެންދިޔަ އެވެ. އަނަންޔާއާއެކު ކާތިކް އާރިޔަން އާއި ބޫމީ ޕެޑްނެކާރު ފެނިގެންދާ އެ ފިލްމަށް ވެސް ރަނގަޅު ތަރުހީބެއް ލިބުނެވެ. 

އަނަންޔާ މިހާރު މަސައްކަތް ކުރަމުން އަންނަނީ މަގްބޫލް ހާން ޑައިރެކްޓްކޮށް ނެރުމަށް ތައްޔާރުވަމުން އަންނަ ފިލްމު، "ކާލީ ޕީލީ" ގަ އެވެ. މި ފިލްމުގައި އޭނާއާއެކު ފެނިގެންދާނީ އިޝާން ކައްޓާރެވެ. އޭގެ އިތުރުން ވެސް ދީޕިކާ ޕަޑުކޯން އާއި ސިދާތު ޗަތުރްވެޑީއާއެކު ޝަކުން ބަޓްރާގެ ކުރިއަށް އޮތް ފިލްމުގައި މަސައްކަތް ކުރަން އަނަންޔާއަށް ވަނީ ލިބިފަ އެވެ. 

ޗަންކީ ވަނީ ނުވަދިހައިގެ ކުރީކޮޅު ނެރުނު ކާމިޔާބު ފިލްމު، "އާންކޭ" އާއި "ހިލާފް" އަދި "ކަސަމް" ފަދަ ފިލްމުތަކުން ފެނިފަ އެވެ. މިހާރު ވެސް ދޭތެރެއަކުން ފިލްމުތަކުން އޭނާ ފެނެ އެވެ. އެގޮތުން "ހައުސްފުލް" ގެ ފިލްމުތަކާއި މިދިޔަ އަހަރު ނެރުނު ހިޓްވި، "ސާހޯ" އިން ޗަންކީ ފެނިގެންގޮސްފައިވެއެވެ. 

83%
ކަމުގޮސްފި
17%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް