ads
ދަތްއަޅާ އިނގިލި ބުރިކޮށްލި އަންހެންމީހާގެ ކުރީގެ ފިރިމީހާ އަލީ ހަސަން
އަންހެނެއްގެ އިނގިލި ބުރިކޮށްލި މީހާ ހައްޔަރުކުރަން އަމުރުކޮށްފި
ގއ. ވިލިނގިލީގައި ހިނގި ހަމަނުޖެހުމެއް ތެރެއިން އަންހެނެއްގެ އިނގިލީގައި ދަތް އަޅާ ބުރިކޮށްލި އުމުރުން 35 އަހަރުގެ އަލީ ހަސަން ހައްޔަރު ކުރުމަށް ވިލިގިލީ މެޖިސްޓްރޭޓް ކޯޓުން ދެންމެ އަމުރުކޮށްފި އެވެ.
Advertisement

"ސީއެންއެމް"އަށް މައުލޫމާތުދެއްވަމުން ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް އަހްމަދު ޝަފީއު ވިދާޅުވީ މި މައްސަލަ އާއި ގުޅިގެން އަލީ ހަސަން ހައްޔަރުކުރުމަށް ދާދި ދެންމެއަކު ގއ ވިލިގިލީ މެޖިސްޓްރޭޓް ކޯޓުން އަމުރުކޮށްފައިވާ ކަމަށެވެ.  

މީގެ ކުރިންވެސް މި މައްސަލައިގައި އަލީ ހަސަން ވަނީ ހައްޔަރު ކުރުމަށްފަހު ދޫކޮށްލާފަ އެވެ. އެދުވަހު ހައްޔަރު ކުރުމަށްފަހު އަލީ ހަސަން ކޯޓަށް ހާޒިރުކުރުމުން ކޯޓުގެ ހުރުމަތް ކަނޑާލި މައްސަލައިގައި 150 ދުވަހަށް ޖަލަށް ލުމަށް ކޯޓުން އަމުރުކުރި ކަމަށާއި، ނަމަވެސް ފަހުން ލުއި ދިނުމުގެ ގޮތުން 15 ދުވަސް ފަހުން އެމީހާ ދޫކޮށްލުމަށް ވިލިގިލީ ކޯޓުން އަމުރުކޮށްފައިވާ ކަމަށެވެ.

އަލީ ހަސަން ވަނީ އޭނާގެ ކުރީގެ އަނބިމީހާގެ ކޮއްކޮގެ އިނގިލީގައި ދަތް އަޅާ ބުރިކޮށްލާފައެވެ. އަދި އިތުރު ތިން މީހަކަށްވެސް އަލީ ހަސަން ވަނީ އެކިވަރުގެ އަނިޔާތައް ކޮށްފައެވެ. އެގޮތުން އިތުރު އަންހެނެއްގެ މުލަށްދަނޑީގައި އޭނާ ވަނީ ދަތް އަޅާފައެވެ. އަދި އުމުރުން 60 އަހަރުގެ އަންހެނެއްގެ އިނގިލި ބިނދިފައި ވާއިރު، 74 އަހަރުގެ ފިރިހެނެއްގެ ވަނީ ފަޅާލާފައެވެ.  

އަލީ ހަސަންގެ މައްޗަށް ފަސް ދައުވާއެއް އުފުލާ ޝަރީއަތް ނިމެންދެން ބަނދުގައި ބަހައްޓަން މި މަހުގެ ހަތް ވަނަ ދުވަހު ވިލިގިލީ ކޯޓުގައި ޕީޖީ އޮފީހުން ވަނީ އެދިފަ އެވެ.

އަލީ ހަސަން ގެ މައްޗަށް ދައުލަތުން ކުރާ ދައުވާތަކަކީ

  1. އެނގިހުރެ ހުއްދަނޫން ތަނަކަށް ވަނުމުގެ ކުށުގެ ދައުވާ
  2. ގައިގާ އަތްލުމުގެ ކުށުގެ ދައުވާ.
  3. އަނިޔާއެއް ދިނުމުގެ ކުށުގެ ދެ ދައުވާ

  4. އަނިޔާއެއް ދިނުމުގެ ކުށުގެ ދައުވާ އެވެ.

ފުލުހުން އޭނާ ހައްޔަރު ކުރީ މާރާމާރީ ހިންގުމަށްފަހު މިސްކިތުގައި އިންދަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް