ads
އެމްޓީސީސީގެ އެމްޑީ އާދަމް އާޒިމް…
“މާލެ ރައްޔިތުން އިންތިޒާރުކުރަމުންދާ މިނީ ބަހުގެ ހިދުމަތް ޖުލައިގަ ފަށާނެ”
ސަރުކާރުގެ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ މިނީ ބަހުގެ ހިދުމަތް މާލޭ ސަރަހައްދުގައި އަންނަ ޖުލައި މަހުގެ ތެރޭގައި ފެށިގެންދާނެ ކަމުގެ ޔަގީންކަން އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް މިރޭ ދެއްވައިފި އެވެ.
Advertisement

އެމްޓީސީސީގެ "ރާއްޖެ ޓްރާންސްޕޯޓް ލިންކް"ގެ ބަހުގެ ހިދުމަތް ހުޅުމާލޭ ދެވަނަ ފިޔަވަހީގަައި ފެށުމަށް މިރޭ ބޭއްވި ރަސްމިޔާތުގައި ވާހަކަދައްކަވަމުން އާޒިމް ވިދާޅުވީ، ރައީސްގެ އިރުޝާދާއިއެކު އެމްޓީސީސީން އަމާޒުހިފާފަވަނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ދޭ ބަހުގެ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ކަމަށެވެ.

“މާލޭގެ ރައްޔިތުން އެތައް ޒަމާނަކު އިންތިޒާރުކުރަމުންދިޔަ މިނީ ބަހުގެ ހިދުމަތްވެސް އަންނަ ޖުލައި މަހުގެ ތެރޭގަ ލިބިގެންދާނެ ކަމުގެ ފުރިހަމަ ޔަގީންކަން އަރުވަން” އާޒިމް ވިދާޅުވި އެވެ.

މީގެ އިތުރުން އައްޑޫ ސިޓީއާއި، ފުވައްމުލަކު އަދި ހައްދުއްމަތީގައިވެސް ބަހުގެ ހިދުމަތައް އާ ބަސްތަކެއްް ޖުލައި މަހުން ފެށިގެން ބޭނުންކުރެވެމުންދާނެ ކަމަށް އާޒިމް ވިދާޅުވި އެވެ. މީގެ އިތުރުން ބަހުގެ ހިދުމަތުގައި ކޭޝްކާޑު ބޭނުން ކުރެވޭނެ ނިޒާމުވެސް ވަރަށް އަވަހަށަ ހަމަޖައްސާނެ ކަމުގެ ޔަގީންކަންވެސް ދެއްވި އެވެ.

މާލޭގައި މިނީ ބަސް ތައާރަފްކުރުމަކީ މި ސަރުކާރުގެ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. ނަމަވެސް މި ސަރުކާރަށް ތިން އަހަރުވީ އިރުވެސް އެ ވައުދު އޮތީ ނުފުއްދި އެވެ. 

އެ ވައުދު ފުއްދުން ލަސްވާތީ އާމާޒުވި ފާޑުކިއުންތަކާއި ގުޅިގެން ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާ މީގެ ކުރިން ވިދާޅުވީ، އެމަސައަކަތް ލަސްވަނީ ބަޖެޓް ލިބުމުގައި ހުރި ދަތިތަކެއްގެ ސަބަބުންނާއި، ކޮވިޑާއި ގުޅިގެން ކަމަށެވެ.

މާލެ ސިޓީ ސަރަހައްދުގައި މިނީ ބަހުގެ ހިދުމަތް ދިނުމަށް ސަރުކާރުން އެމްޓީސީސީއާއި ހަވާލު ކުރީ 2019 ވަނަ އަހަރު އެވެ.  

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް