ads
ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހްލާ
މިނީ ބަސްތައް ގެނައުމަށް އަނެއްކާވެސް ތާރީހެއް!
މިނީ ބަހުގެ ވައުދު މިއަދާ ހަމަޔަށްވެސް ނުފުއްދި ވަނީ ބަޖެޓުގެ ތާށިކަމާއިއެކު ކަމަށާއި، ކުރިއަށް އޮތް ތިން މަހުގެ ތެރޭގައި މިނީ ބަސްތަށް ރާއްޖެ ގެނައުމުގެ މަސައްކަތް ފެށޭނެ ކަމަށް ޓްރާސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެ އެވެ.
Advertisement

މާލެއަށް މިނީ ބަހުގެ ހިދުމަތް ތައާރަފް ކުރުމަކީ ސަރުކާރުގެ 100 ދުވަހުގެ ވައުދެކެވެ. މާލޭގެ ޓްރެފިކަށް ހައްލެއް ހޯދުމަށް މިދިޔަ އަހަރުގެ ތެރޭގައި މާލެ އަށް މިނީ ބަސްތައް ތައާރަފް ކުރާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވަނީ މީގެ ކުރިން ވިދާޅުވެފައިއެވެ. 

ނަމަވެސް އެކަން ސަރުކާރަށް ތިން އަހަރު ފުރުނު އިރު އަދި ނުވެއެވެ. މިނީ ބަހުގެ ވައުދު ލަސްވާ ސަބަބާއިމެދު ސަންގުޓީވީގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން މިނިސްޓަރު ނަހްލާ ވިދާޅުވީ، މިނީ ބަހުގެ ވައުދަކީ ފެށުނީންސުރެ ވަަރަށް ބާރު ސްޕީޑުގައި ފަށަން ބޭނުންވި މަސައްކަތެއް ކަމަށާއި ނަމަވެސް ކޮވިޑްގެ ހާލަތާއި، ބަޖެޓުގެ ތާށިކަމާއިއެކު މިނީ ބަސްތައް ނުލިބިގެން އެމަސައްކަތް ލަސްވަނީ ކަމަށެވެ. 

ނަމަވެސް މިހާރުވެސް އެ ހިދުމަތް ފެއްޓުމާއިމެދު މަޝްވަރާކުރެވެމުންދާ ކަން ފާހަގަކުރަމުން ނަހްލާ ވިދާޅުވީ، ކުރިއަށް އޮތް ދެތިން މަސްތެރޭ އެކަމަށް ގޮތެއް ނިންމި ބަސްތައް ރާއްޖެ ގެނެވޭނެ ކަމަށެވެ. 

" މަޝްވަރާތަކެއް ކުރެވިގެން އިކޮނަމިކް ކައުންސިލަށް ޕޭޕާއެއް ހުށަހަޅަން ރެޑީވެފައި ވަނީ. އަޅުގަނޑު ގަބޫލުކުރަނީ ކުރިއަށްއޮތް ދެތިން މަސްތެރޭ މިކަމަަށް ގޮތެއް ނިންމި ބަސް ގެނައުމުގެ މަސައްކަތް ފެށިގެންދާނެ ކަމަށް" މިނިސްޓަރު ވިދާޅުވިއެވެ.

މިހާތަނަށް ލަސްވި ސަބަބާއިމެދު އިތުރަށް ވާހަކަދައްކަވަމުން އެކަަމަނާ ވިދާޅުވީ، ފެށުނީންސުރެވެސް ބޭނުންވީ ތިމާވެއްޓާއި ރަށްޓެހި ބަސްތަކެއް ރާއްޖެއަށް ތައާރަފުކުރަން ކަމަށާއި އެބަސްތަކަކީ އާއްމުކޮށް ރާއްޖޭގައި ބޭނުންކުރާ ބަސްތަަކަށްވުރެ އަގުބޮޑު ބަސްތަކެއް ކަމަށެވެ. އެހެންކަމުން އެކަން ލަސްވެގެންދިޔައީ އެ ފަންޑު ނުލިބިގެން ކަމަށެވެ. 

"ނަމަވެސް ރައްޔިތުންނަށް ދޭންޖެހޭ ހިދުމަތްތަކަަށް ބަލާފަ ދަތިވާކަންތައްތަކަށް ބަލާފަ. މިހާރުން މިހާރަށްވެސް އެކަން ކުރަން ވިސްނުމުގައި އެބައޮތް. އެހެންވީމަ އޭގެން ކޮންމެވެސް އެއްގޮތަކަށް ނިމި އަޅުގަނޑު ގަބޫލުކުރަނީ ދެމަހެއްގެ ތެރޭގައި އެކަން ނިމިގެންދާނެ ކަމަށް" މިނިސްޓަރު ވިދާޅުވިއެވެ.

މިދިޔަ އަހަރު ސަރުކާރަށް ދެ އަހަރު ފުރިގެން ދިން އިންޓަވިއުއެއްގައި ވެސް މިނިސްޓަރު ނަހުލާ ވިދާޅުވީ މިިނީ ބަހަކީ ރައީސްގެ 100 ދުވަހުގެ ވައުދުތަކުގެ ތެރެއިން ހިމެނިފައި އިން ކަމެއް ނަމަވެސް ޓްރާސްޕޯޓް މިނިސްޓްރީ ވައުދުތަކުގެ ތެރެއިން ނުފުއްދި އިން ވައުދަކީ އެއީކަމަށެވެ. އަދި އެ ވައުދު ނުފުއްދި ވަނީ ބަޖެޓް ގެ ތާށިކަން އައުމުގެ ސަބަބަުން ކަމަށެވެ.

މިނިސްޓަރު އެފަހަރު ވިދާޅުވީ 2021ވަނަ އަހަރުގެ ބަޖެޓްގައި އެކަން ހިމެނިގެންދާނެކަމުގެ ޔަގީންކަން އެބައޮތް ކަމަށާއި ބަޖެޓް ގައި ހިމެނުމަކީ 2021ވަނަ އަހަރު މިނީ ބަހުގެ މަަސައްކަތް ކުރެވޭނެކަމުގެ ފެހި ސިގްނަލެއް ކަމަށެވެ. އަދި 2021ވަނަ އަހަރު އެކަން ކުރެވޭނެ ކަމަށް ގަބޫލް ކުރަށްވާކަަމަށްވެސް ވިދާޅުވިއެވެ.

ނަމަވެސް މިހާރު 2021ވަނަ އަހަރު ނިމުމަކާއި ގާތްވެފައިވާއިރު ސަރުކާރަށް ތިން އަހަރު ފުރިގެން މިއަދު ވިދާޅުވީ، ބަސް ގެނައުމުގެ މަސައްކަތް ތިން މަހުގެ ތެރޭގައި ފެށޭނެ ކަމަށެވެ.

މާލެއަށް މިނީބަހުގެ ހިދުމަތް ތައާރަފްކުރުން އެމްޓީސީސީއާ ހަވާލުކޮށްފައި ވަނީ 2019 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ހަ ވަނަ ދުވަހުއެވެ. ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި މިނީ ބަސް ތާއާރަފްކޮށް މާލެ ތެރޭގައި ވެސް ބަހުގެ ހިދުމަތް ލިބޭނެ އިންތިޒާމް ހަމަޖެއްސުން ހިމެނެ އެވެ. 

19 ސެޕްޓެމްބަރު 2019 ވަނަ ދުވަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މިނިސްޓަރު ނަހުލާ ވިދާޅުވީ މިނީ ބަސް ތައާރަފު ކުރުމުގެ މަސައްކަތް އެމްޓީސީސީ އާއި ގުޅިގެން ކުރައްވަމުން ގެންދާކަމަށެވެ. އަދި 14 އޮކްޓޯބަރު 2019 ގައި ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައައާ ބެހޭ ކޮމިޓީގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ މިއަހަރުގެ ކުރީ ކޮޅު މިނީ ބަސްތައް ތައާރަފް ކުރެވިގެން ދާނެ ކަމަށެވެ. 

އެހެންނަމަވެސް މިނިސްޓަރު ވައުދުވެފައި އޮތް ތާރީހް ފަހަނަ އަޅާ ދިޔައިރުވެސް އެ މަަަސަައްކަތް ފެށިފައެއް ނުވެއެވެ. 

33%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް