އެދެމީހުން ތާށިވީ، ދެވަނަ ފިޔަވަހީގެ ޑިންގީ ޖެޓީ ސަރަހައްދުގައި ކޮންޓެއިނަރަކުން މާބުލް ޝީޓުތައް ނަގަން އުޅުމުގެ ތެރޭގަ އެވެ. އެ ހާދިސާގައި ތާށިވި އެކަކު ހަމަ އެދުވަހު މަރުވިއިރު، އަނެއް މީހާއަށް ފަރުވާދިނުމަށް އެދުވަހު ވަނީ ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފަ އެވެ.
އެ ހޮސްޕިޓަލުން "ސީއެންއެމް"އަށް ބުނިގޮތުން ހަމަ އެދުވަހު އޭނާ ވަނީ އިތުރު ފަރުވާއަށް އައިޖީއެމްއެޗަށް ބަދަލުކޮށްފަ އެވެ.
އައިޖީއެމްއެޗުން މިއަދު ބުނިގޮތުގައި އޭނާއަށް ފަރުވާދެމުންދަނިކޮށް އަންގާރަ ދުވަހު ވަނީ މަރުވެފަ އެވެ.
ހާލު ދެރަވެގެން ފަރުވާދެމުންދިޔަ މީހާ މާބުލް ޝީޓުތައް ދަށުގައި ވަރަށް ބޮޑަށް ފިތި ނެރުނު ވަގުތު، ކޮނޑުހުޅުން ލޭ އޮހޮރެމުން ދިޔަކަމަށް މަންޒަރު ދުން މީހުން ބުނެއެވެ.