ads
ލަންކާގައި ތެޔޮގަތުމަށްޓަކައި ގިނަ ބަޔަކު ކިއު ހަދާފައި
ލަންކާގައި ތެޔޮ ހުރީ 4 ދުވަހަށް ވާވަރަށް: ލަންކާ ސަރުކާރު
ސްރީލަންކާގައި މިހާރު ތެޔޮ ހުރީ ހަތަރު ދުވަހަށްވާ ވަަރަށް ކަމަށް އެގައުމުގެ ސަރުކާރާއި ހަވާލާދީ އެގައުމުގެ ބައެއް ނޫސްތަކުން ރިޕޯޓްކޮށްފި އެވެ.
Advertisement

ސްރީލަންކާގެ ވިޔަފާރި ހަބަރުތައްގެނެސްދޭ ނޫހެއް ކަމަށްވާ ދަ އިކޮނޮމިކް ޓައިމް ނިއުސްގައި އެގައުމުގެ ޕަވާ އެންޑް އެނާޖީ މިނިސްޓަރު ކަންޗަނާ ވިޖެސެކެރާ އާއި ހަވަލާދީ ބުނެފައިވަނީ އެގައުމަށް ތެޔޮ ސަޕްލައިކޮށްދޭ ކުންފުނިތަކަށް ދައްކަންޖެހޭ، ބޭރު ފައިސާ ނެތުމުން ނުދެއްކިފައިވާ ކަމަށެވެ. 

ލަންކާއަށް ތެޔޮ ސަޕްލައިކޮށްދޭ ކުންފުނިތަކަށް ލަންކާ ސަރުކާރުން 725 މިލިއަން ޑޮލަރު ދައްކަން ޖެހެ އެވެ. 

ތެޔޮ ހުސްވަމުން އަންނާތީ އެގައުމުގެ ގިނަ އަދަދެއްގެ ރައްޔިތުން އަންނަނީ ތެޔޮ ވިއްކާ ޝެޑްތައް ހިމެނޭ ސަރަހައްދުތަކުގައި ބޮޑު ކިއު އެއް ހަދަމުންނެވެ. ގިނަ ބަޔަކު އަންނަނީ ހަންހަމުގައި ތެޔޮ ގަނެ ރައްކާކުރަމުން ނެވެ. 

your imageލަންކާގައި ތެޔޮގަތުމަށްޓަކައި ގިނަ ބަޔަކު ކިއު ހަދާފައި

ކަންޗާ ބުނެފައިވަނީ ފައިސާ ދެއްކޭނެ ކަމުގެ ގެރެންޓީ ނެތުމުން ތެލުގެ އިތުރު ޝިޕްމަންޓުތައް ގަނެވޭނެ ގޮތެއްވެސް މިވަގުތު ނެތްކަމަށެވެ. މިހާރު މުޅި ސްރީލަންކާގައިވެސް ތެޔޮ ހުރީ ކުރިއަށް އޮތް ހަތަރުވަރަކަށް ދުވަހު ބޭނުންކުރެވޭ ވަރަށް ކަމަށެވެ. 

ލަންކާގެ އިގުތިސާދު މިހާ ބޮޑަށް ދަށްވެފައިމިވަނީ ކޮވިޑުގެ ބަލިމަޑުކަމުގެ ސަބަބުން ދިގު މުއްދަތަކަށް އެގައުމަށް ފަތުރުވެރިން ޒިޔާރަތް ނުކުރެވި ބަންދު ކުރުމުންނާއި، ޔޫކްރެއިންގެ ހަނގުރާމައާއި ގުޅިގެން އިމްޕޯޓް އެކްސްޕޯޓް ކުރުން ދަށްވުމާޢި ގުޅިގެން ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.

your imageލަންކާގައި ތެޔޮގަތުމަށްޓަކައި ގިނަ ބަޔަކު ކިއު ހަދާފައި

ލަންކާގެ އިގްތިސާދީ ހާލަތުން އަރައިގަތުމަށް އެގައުމުގެ ސަރުކާރުން ދަނީ އިންޑިއާގެ އެގްޒިމް ބޭންކުން 500 މިލިއަން ޑޮލަރުގެ ލޯނެއް ނެގުމަށް އެދެމުން ނެވެ. 

އިންޑިއާ އިން ވަނީ މީގެ ކުރިންވެސް ލަންކާއަށް ތިން ބިލިއަން ރުފިޔާގެ ލޯނު އެހީ ދީފަ އެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް