
ނުރައްކާ ބޯޑަށް އަދި މަސައްކަތު ބޯޑަށް އެދި ފޯމް ދޫކުރުމާއި ބަލައިގަތުމުގެ އުސޫލަށް އަމާޒުވަމުންދާ ފާޑިކުންތަކަށް އިޝާރަތް ކުރައްވައި އަހްމަދު ޒަމީރު ވިދާޅުވީ އެ އުސޫލަށް ފާޑުކިޔަމުން ގެންދަނީ 'ޒިންމާދާރުކަން ކުޑަ' ކޮށްކަމަށެވެ.
ނުރައްކާ ބޯޑަށް އަދި މަސައްކަތު ބޯޑަށް އެދި ފޯމް ދޫކުރުމާއި ބަލައިގަތުން ސަރުކާރު ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 8 ކުން މެންދުރު 13:15 އަށް މާލެ ސިޓީ ކަންސިލްގެ އާންމު ހިދުމަތްތަކާ ބެހޭ ބައިން ލިބޭނެކަމަށް އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މަގު ބަންދު ކުރުމަށާއި މަސައްކަތް ކުރިއަށް ދާކަން އަންގައިދިނުމަށް އެދި ބޯޑު ދޫކުރަނީ އަގެއް ނަގައިގެން ހަރުދަނާ އުސޫލެއްގެ ދަށުން، އެ ބޯޑުތަކަށް ޒިންމާވާނެ ބައެއްވެސް ޔަގީންކޮށްގެން ކަމަށެވެ.
މިކަން މިގޮތަށް ކުރަން ޖެހެނީ ބޯޑަކީ ސަރުކާރުގެ މުދަލަކަށް ވެފައި އެ ގެންދާ ފަރާތަކީ ޒިންމާދާރު ފަރާތަކަށް ވާންޖެހޭކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މި ބޯޑު ދޫކުރަނީ 24 ގަޑި އިރަށް 60 ރުފިޔާގެ ރޭޓުންނެވެ. 24 ގަޑި އިރަށް ވުރެން އިތުރު ވެއްޖެނަމަ 6 ގަޑި އިރަށް 20 ރުފިޔާ އަދި 12 ގަޑި އިރަށް 40 ރުފިޔާ އަދި 24 ގަޑި އިރަކަށް 60 ރުފިޔާ ނެގޭނެއެެވެ.
މަގު ބަންދުކުރުމަށް އެދި ފޯމު ހުށައެޅުމަށް ވެސް ހަމަ ޖެހިފައިވާނީ ހަމަ މި ސެކްޝަންއިން މި ގަޑި ތަކުގައެވެ.
ނަމަވެސް ތަފާތަކީ މަގު ބަންދުކުރަން ބޭނުންވާ ދުވަހުގެ 5 ދުވަސް ކުރިން (ސަރުކާރު ބަންދު ދުވަސްތައް ނުހިމަނާ) ހުށައަޅަން ޖެހެއެވެ.
މިގޮތުން 5 ދުވަސް ކުރިން ފޯމު ހުށައެޅިކަމުގައިވިޔަސް ބޭނުން ދުވަހަށް ހުއްދަ ނުލިބުމަކީ އެކަށިގެންވާ ކަމެއްކަމަށް ވެސް އެނާ ވިދާޅުވިއެވެ.
އެންމެ ގިނަ ބަޔަކު މަގު ބަންދު ކުރަން އެދެނީ، އާންމު ގޮތެއްގައި ބުރާސްފަތި ދުވަހުގެ ރެއާއި ހުކުރު ދުވަހުގެ ރެއަކީ ގިނަ ފަރާތްތަކެއް މަގު ބަންދަށް އެދޭ ދެ ރެއަކަށް ވާތީއާއި ހުއްދަތައް ހަދަމުންދާނީ ފޯމް ހުށައަޅަމުންދާ ތަރުތީބުންނެވެ. އުމްރާނީ މަސައްކަތްތައް ކުރުމަށް އާންމު ގޮތެއްގަ ރެއަކަށް ދޫ ކުރާނީ މައްޗަންގޯޅިން 2، ގަލޮޅުން 2، ހެންވޭރުން 3 އަދި މާފަނުން 3 ހުއްދަ އެވެ.
އުމްރާނީ މަސައްކަތައް ސައިޓަށް ގެންނަ ތަކެތި މަގުމަތީގައި ބެހެއްޓުމަށް ހުއްދަ ނަގަން ޖެހޭނެއެވެ.
އެ ހުއްދައަށް އެދި ހުށައަޅާ ފޯމް ކައުންސިލްގެ އާންމު ހިދުމަތްތަކާ ބެހޭ ބައިން ސަރުކާރު ބަންދުނޫން ދުވަސްތަކުގައި ހެދުނު 8:00 އިން 13:15 އަށް ދޫކުރުމާއި ބަލައިގަތުން ކުރިޔަށް ދާނެއެވެ.
މިގޮތަށް ހުއްދަ ދެވޭ ތަކެތި އެންމެ ގިނަވެގެން ބެހެއްޓުމަށް ހުއްދަ ދެވޭނީ 3 ދުވަހަށެވެ.
ކޭބަލް ވަޅުލުމާއި ފެނާއި ނަރުދަމާގެ މަސައްކަތްތަކަށް ޓްރެފިކް ފްލޯއަށް ބަލާ އަވަށަކަށް ވަކި އަދަދެއް ނެތި ހުއްދަ ދުކުރާނެއެވެ.
އުމްރާނީ މަސައްކަތްތަކަށް ބޯޑު ދޫކުރާނީ 250 ރުފިޔާގެ ފީ އެއް ނެގުމަށް ފަހުއެވެ.
ހޮޅި ވަޅުލުމަށާއި ކޭބަލް ވަޅު ލުމަށް ބޯޑު ދޫ ކުރާނީ 150 ރުފިޔާގެ ފީ އެއް ނެގުމަށް ފަހުއެވެ. އިޖުތިމާއި ކަންތައްތަކައް (މިސާލަަކަށް މައްޗަށް ތަކެތި ނެގުމަށް) ބޯޑު ދޫކުރާނީ 75 ރުފިޔާގެ ފީއެއް ނެގުމަށް ފަހުއެވެ. އާންމުކޮށް މަގު ބަންދު ކުރެވޭނީ ރޭގަނޑު 11ގެ ފަހުންނެވެ.
އެރެއެއްގައި މަސައްކަތް ކުރަން މަގު ބަންދު ކުރަން ގެންދާ ބޯޑު ޖެހިގެން އަންނަ ބަންދުނޫން ދުވަހުގެ ހެނދުނު 9:00 ގެ ކުރިން ހަވާލު ކުރަން ވާނެއެވެ.
އޭގެ ފަހުން ގެނެވޭ ބޯޑް ތަކަށް ޖޫރިމަނާގެގޮތުގައި 6 ގަޑި އިރަށް 20 ރުފިޔާ ، 12 ގަޑި އިރަށް 40 ރުފިޔާ، އަދި 24 ގަޑި އިރަކަށް 60 ރުފިޔާ ނެގައެވެ.
ހުކުރު، ހޮނިހިރު ދެ ދުވަހުގެ ހުއްދަތައް ދޫ ކުރާނީ އެ ހަފްތާގެ ބުރާސްފަތި ދުވަހުއެވެ. އެހެނިހިން ބަންދު ދުވަސްތަކަށް ނެގޭ ހުއްދަތައް އެ ދުވަހުގެ ކުރިއަށް އޮތް ބަންދު ނޫން ދުވަހު ދޫކުރެވޭނެއެވެ.
އަދި ބަންދު ދުވަސްތަކުގައި ރޭގަނޑު 8:00 އިން 10:00 ށް ބޯޑުތައް ބަލައިގަތުން ކުރިޔަށް ދާނެއެވެ. މިގޮތުން ބޯޑުތައް ހަވާލު ކުރި ކަމުގައި ވިޔަސް އެންމެ އަވަހަށް އޮފީސް ހުޅުވޭ ދުވަހެއްގައި އެ ބޯޑު ފޯމް ގެނެސް އޮފީހުގެ ކައުންޓަރާ ހަވާލު ކުރަން ޖެހޭނެއެވެ.