ads
ލުނބޯފެން....
ލުނބޯ: އެތަކެއް ފައިދާތަކެއް
ލުނބޮލަކީ އެކި ގޮތްގޮތަށް ބޭނުން ކޮށްއުޅޭ އެއްޗެކެވެ.

އެގޮތުން ލުނބޮލަކީ ބަރުދަން ލުއި ކުރުމަށް ވެސް އެހީ ވެދޭ އެއްޗެކެވެ. ހޫނު ފެނަށް ލުނބޯ ހުތް ފެތިމަށް ފަހު ހެނދުނު ހުސްބަނޑާ ހުރެ، ނުވަތަ ކަސްރަތު ކުރުމަށް ފަހު ބޯ މީހުން ވަރަށް ގިނަ އެވެ. މީގެ ސަބަބުން ބަނޑުގައި ހުއްނަ ސަރުބީތަށް ވިރުވާލެއްވެސް އަވަސް ވެގެންދެ އެވެ.  

ލުނބޯ މީ ހަށިގަނޑަށް މުހިންމު އެއްޗެކެވެ. ލުނބޮލަކީ އޭގައި ވިޓަމިން ސީ، އަދި ނިއުޓިއަންސް، ކެލްސިއަމް، ޕޮޓޭސިއަމް، އަޔަން، މެގްނީސިއަމް، މީގެ އިތުރުން ފައިބަ ހިމެނިގެންވާ އެއްޗެކެވެ.

ލުނބޯ ހުތު ފެން ބުއިމުގެ ސަބަބުން ލިބޭ އިތުރު ފައިދާތަކު ތެރޭގައި މީހާގެ ދިފާއީ ނިޒާމު ވަރުގަދަ ކޮށްދިނުމާ، ވިޓަމިން ސީ އެކުލެވިގެންވާ އެއްޗަކަށް ވުމުން މީހާގެ ސްޓްރެސް ފިލުވާދޭން އެހީވެދެ އެވެ. 

ލުނބޯ ހުތު ފެން ބުއިމުން މީހާގެ ހަށިގަނޑުގައި އުފެދޭ ނުބައި ކެމިކަލްތަށް ނެތި ކޮއްލުމުގައި ވެސް އެހީ ވެދެއެވެ. މީގެ އިތުރުން އަންގައިން ނުބައިވަސް ދުވުމުންވެސް ދުރުކޮއްދެ އެވެ. 

ލުނބޮލަކީ މޫނުމަތި ރީތިކޮށްދީ މޫނުގެ ލަކުނުތަށް ފިލުވުމަށް ވެސް އެހީ ވެދޭ އެއްޗެކެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް