ads
ބަނގުލަދޭޝް. ވިއްސާރައިގައި 4 މިލިއަން މީހުން ވަނީ ހާލުގައި ޖެހިފައި
އިންޑިއާ އާއި ބަންގާޅުން މޫސުން ގޯސްވެ ގިނަ ބަޔަކު ހާލުގައި ޖެހި މަރު ވަނީ
މޫސުން ގޯސްވެ ގަދަ ވަޔާއެކު ބޯކޮށް ވާރޭވެހި ވިއްސާރަ ވުމުގެ ސަބަބުން އިންޑިއާ އާއި ބަންގުލަދޭޝްގައި ފެންބޮޑުވެ ގިނަ ބަޔަކު މަރު ވެއްޖެ އެވެ.

ހުޅަގު މޫސުމުގައި މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އެތައް މިލިއަން ބަޔަކު ވަނީ އިންޑިއާ އާއި ބަންގުލަދޭޝްގައި ހާލުގައިޖެހިފަ އެވެ. 

އިންޑިއާގެ ރަސްމީ އިދާރާތަކާއި ހަވާލާދީ އެގައުމު ތަކުގެ ނޫސް ތަކުން ރިޕޯޓު ކޮށްފައިވަނީ އިންޑިއާގެ އާސާމް ސްޓޭޓަށް މެދުނުކެނޑި ވާރޭ ވެހޭތާ ފަސް ދުވަސް ވެއްޖެ ކަމަށެވެ. އެ ސްޓޭޓުން 1.8 މިލިއަނަށް ވުރެ ގިނަ މީހުންނަށް ގެއްލުންވެފައިވާ ކަމަށެވެ. 

your imageއިންޑިއާ.. ވިއްސާރައިގެ ސަބަބުން މަގުމަތީ ފެންބޮޑުވެފައި

މި ވިއްސާރައިގައި ބަނގުލަދޭޝްގެ ހަތަރު މިލިއަނަށް ވުރެ ގިނަ މީހުން ހާލުގައި ޖެހިފައިވާ ކަމަށް އެގައުމުގެ ސަރުކާރުން ވަނީ ހާމަކޮށްފަ އެވެ. 

ވިއްސާރައިގައި ގުގުރުމާއި، ހޮނު އެޅުމުގެ ސަބަބުންނާއި، ފެން ބޮޑުވެ ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން އެ ދެގައުމުން މިހާތަނަށް 59 މީހަކު މަރުވެފައިވާކަމަށް ވަނީ ރިޕޯޓް ކޮށްފަ އެވެ. އަދި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެގައުމުތަކުގެ ސިފައިން ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. 

your imageބަނގުލަދޭޝް އަށް ކުރަމުންދާ ވިއްސާރައިގެ ތެރެއިން

މިދިޔަ މެއި މަހުން ފެށިގެން ކުރަމުންދާ މި ވިއްސާރައިގައި އިންޑިއާ އާއި ބަނގުލަދޭޝް އަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާއިރު ރާއްޖެއަށް ވެސް މި ވިއްސާރައިގެ އަސަރު ވަނީ ކޮށްފަ އެވެ. ނަމަވެސް ރާއްޖެއަށް މާބޮޑެތި ގެއްލުންތަކެއް ވެފައެއް ނުވެ އެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް