ads
"ފަނޑިޔާރުން ބަދަލުވުމަކީ އިސްލާހުވުންކަމަށް މާނަކޮށްގެންނުވާނެ"
ފަނޑިޔާރުން ބަދަލުކުރުމަކީ ޝަރުއީ ދާއިރާ އިސްލާހުވުންކަމަށް ދެކިގެން ނުވާނެކަމަށް ކުރީގެ ޕްރޮސިކިއުޓާ ޖެނެރަލް މުހުތާޒް މުހުސިން ވިދާޅުވެެއްޖެ އެވެ.
ފަނޑިޔާރުން ބަދަލުކުރުމަކީ ޝަރުއީ ދާއިރާ އިސްލާހުވުންކަމަށް ދެކިގެން ނުވާނެކަމަށް ކުރީގެ ޕްރޮސިކިއުޓާ ޖެނެރަލް މުހުތާޒް މުހުސިން ވިދާޅުވެެއްޖެ އެވެ.

ސީއެންއެމް ޓީވީގެ "އިތުރުކާފު" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން މުހުތާޒް ވިދާޅުވީ، 10 އަހަރު ތެރޭގައި ހަތަރު އުއްތަމަފަނޑިޔާރުން ރާއްޖެ ދެކެފައިވާކަމަށެވެ.

އަވައްޓެރި ސްރީލަންކާގެ ކުރީގެ އުއްތަމަ ފަނޑިޔާރު ޝިރާނީ ބަންޑަރަނަޔަކެ މަގާމުން ދުރުކޮށް ފަހުން އުއްތަމަ ފަނޑިޔާރުގެ މަޤާމު އެރުވުމުން އެކަން ގަބޫލުނުކުރެއްވި ހާދިސާއަށް އަލިއަޅުވާލާ ވާހަކަ ދައްކަވަމުން މުހުތާޒް ވިދާޅުވީ ކޮންމެ މީހަކަށްވެސް އަމިއްލަޔަށް ގަބޫލުކުރެވެންޖެހޭ ހަގީގަތްތަކެއް ހުންނަންޖެހޭ ކަމަށެވެ.

"އަޅުގަނޑުމެން އަވަސް އަރުވާލައިގެން ކަންކަން ކުރުމުގެ ބަދަލުގައި، އަޅުގަނޑުމެންވެސް އެބަޖެހޭ ހިކުމަތުއަމަލީ ބޭނުންކުރަން." މުހުތާޒް ވިދާޅުވި އެވެ.

މުހުތާޒް ވިދާޅުވީ، ޝަރުއީ ނިޒާމު އިސްލާހު ކުރުމަކީ ފަނޑިޔާރުން އަވަސްއަވަހަށް ބަދަލުކުރުން ނޫންކަމަށެވެ. އަދި އޭގެ ބަދަލުގައި ރަނގަޅު ގޮތްތަކެއް ރާވަންޖެހޭކަމަށް ވެސް މުހުތާޒް ވިދާޅުވި އެވެ.

ފަނޑިޔާރުންގެ ސުލޫކީ މައްސަލަތަކެއް ހުންނަ ނަމަ އުސޫލުގެ ތެރެއިން ފިޔަވަޅުވެސް އަޅަންޖެހޭކަމަށް މުހުތާޒް ވިދާޅުވި އެވެ.

"ޑިއު ޕްރޮސެސް ފޮލޯ ކުރަންޖެހޭނެ ދެއްތޯ. އެއް ފަނޑިޔާރަކަށް ވީމަ ވަކިކުރަން މިއަދު އެއްކޮށް ނިންމަވާފަ، އަނެއް ދުވަހު ޕްރޮމޯޝަން ދެއްވީމަ ކަމަކު ނުދާނެ. އެވެސް އޮތް ގޮތެއް. އެހެން ނަމަވެސް މިހާރު ބަދަލުތަކެއް އެބަ އާދޭ." މުހުތާޒް ވިދާޅުވި އެވެ،

މުހުތާޒް ވިދާޅުވީ މިހާރު ބަދަލުތަކެއް އެބަ އަންނަކަމަށާއި، ބަދަލު ގެންނައިރު ވެސް ހަމައެކަނި މަގާމުތައް ބަދަލުވުމަކީ ޝަރުއީ ދާއިރާ ރަނގަޅު ވުން ނޫންކަމަށެވެ. ރަނގަޅު ކުރެވޭނީ އެވަރަށް މަސައްކަތްވެސް ކޮށްގެން ކަމަށް މުހުތާޒް ވިދާޅުވި އެވެ. އަދި ޖިނާއީ އަދުލުގެ ނިޒާމު ރަނގަޅު ކުރުމަށް ރަށު ކޯޓުތަކުގެ ގާޒީންނަށްވެސް ރަނގަޅު ތަމުރީނުތައް ދޭންޖެހޭކަން މުހުތާޒް ފާހަގަކުރެއްވި އެވެ. އެކަން ހާސިލުކުރުމަށް މިހާރު ހުރި ގާނޫނުތަކަށް ފަނޑިޔާރުން އަހުލުވެރިވާންޖެހޭކަމަށް ވެސް މުހުތާޒް ވިދާޅުވި އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް