ads
ކޮވިޑް ކޭސްތައް އިތުރުވެފަވާތީ، އީދަށް ރަށްރަށަށް ދިއުމުގައި ސަމާލުވާން އަންގައިފި
ރާއްޖޭގައި އަނެއްކާވެސް ކޮވިޑް-19 ހަލުވިކަމާއިއެކު ފެތުރެމުންދާތީ، އީދުގައި ކުރާ ދަތުރުތަކުގައާއި، އެއްވެގެން ބާއްވާ ހަރަކާތްތައް ބޭއްވުމުގައި ސަމާލުވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ) އިން އަންގައިފި އެވެ.

އެޗްޕީއޭއިން ބުނީ، ރާއްޖޭގައި ކޮވިޑް ކޭސްތައް ޖޫން މަހުގެ ދެވަނަ ހަފްތާއާއި އަޅާބަލާއިރު، ތިންވަނަ ހަފްތާގައި 185 އިންސައްތަ މައްޗަށް ގޮސްފައިވާ ކަމަށާއި، ކޮވިޑުގައި ހާލުދެރަވެގެން އެޑްމިޓުކުރާ މީހުންގެ އަދަދުވެސް އިތުރުވެފަވާ ކަމަށެވެ. 

މިދުވަސްވަރަކީ ޗުއްޓީއާ ދިމާކޮށް ވަރަށް ގިނަ ފަރާތްތަކުން އެތެރޭގެ އަދި ރާއްޖޭން ބޭރަށް ދަތުރުތަކާއި އެއްވުންތަކާއި، ހަފްލާތައް ބޭއްވުމަށް ރާވަމުންދާ ދުވަސްވަރަކަށްވާތީ، ކޮވިޑާއި، އަރިދަފުސް ރޯގާ އަދި މިދުވަސްވަރު ފެތުރޭ އެހެނިހެން ބަލިތަކުގެ ހާލަތުވެސް އިތުރަށް ގޯސްވިޔަ ނުދިނުމަށް ސަމާލުކަން ދޭންވީ ކަންކަމެއްވެސް އެޗްޕީއޭ މިރޭ ނެރުނު ބަޔާނުގައި ވަނީ އާއްމުކޮށްފަ އެވެ.

އާއްމު ފިޔަވަޅުތައް

  • ގިނަ މީހުން އެއްވާ ތަންތަނާއި ބަންދު ތަންތަނުގައި މާސްކް އެޅުން، އަދި ހާއްސަކޮށް ހައި ރިސްކް މީހުންނާއި ކުދިން އަދި މަސައްކަތުގެ ގޮތުން ގިނަފަރާތްތަކާއި ބައްދަލުވާ ފަރާތްތަކުން އާއްމު ތަންތާނގައި މާސްކުއެޅުން މިގޮތުން އޮފީސް، ސްކޫލް، ކޮލެޖް، ފިހާރަތައް، އެއަޕޯޓް، ފެރީ ޓަމިނަލްތައް، ދަތުރުފަތުރުކުރާވަސީލަތްތައް(ފެރީތަކާއި، ބަސް ޓެކްސީ، މަތިންދާ ބޯޓު، ސީޕްލޭން)، މިސްކިތް ބޭންކުފަދަ ތަންތަނުގައި މާސްކުއެޅުމަށް ހާއްސަ ސަމާލުކަމެއް ދިނުން
  •  ސިއްހީ ހިދުމަތްދޭ ތަންތަނުގައި އަބަދުވެސް މާސްކު އަޅައިގެން އުޅުން
  • ކޮވިޑްގެ އެއްވެސް އަލާމާތެއް ހުރިނަމަ މާސްކްއަޅައި، ގޭގައި އެކަހެރިވުން އަދި ވީ އެންމެ އަވަހަކަށް ކޮވިޑަށް ޓެސްޓުކުރުން
  •  ސިއްހީ ހިދުމަތްދޭ ތަންތަނަށް ކޮންމެހެން ދާންޖެހިގެން ނޫނީ ނުދިއުން
  • ދަތުރުކުރުމުގެ ކުރިން އެތަނެއްގެ ކޮވިޑުގެ ހާލުތު ދެނެގަނެ، ހާލަތު ގޯސް ރަށެއް ނުވަތަ ގައުމަކަށްނަމަ ދަތުރުކުރުން މަޑުޖައްސާލުން
  • ދަތުރުކުރުމުގެ ކުރިން ވެކްސިން ޑޯޒްތައް ފުރިހަމަކުރުން
  • ކޮންމެހެން ބާއްވަންޖެހޭ ހަފްލާއެން ނޫނީ ނުބޭއްވުން ނުވަތަ ހަފްލާތައް މަޑުޖައްސާލުން
100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް