ads
ކުރީގެ ރައީސް މުހައްމަދު ނަޝީދު--
ޓީއެމްއޭއާއި އެމްއޭސީއެލްއާ އަޅުގަނޑާ ގުޅުމެެއް ނެތް: ނަޝީދު
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި އެމްއޭސީއެލުން އިމާރާތްކުރަމުން އަންނަ އާ ސީޕްލޭން ޓާމިނަލް، ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) އަށް ދިނުމުގައި އެއްވެސް ދައުރެއް ނޯންނާނެ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ދެވަނަ ރަންވޭ ހުޅުވައި، އެއާޕޯޓް ބާރަށް ހިންގަން ފެށުމަށް ސަރުކާރާއި ޓީއެމްއޭއާ ދެމެދު، އެއްބަސްވެފައިވާ ގޮތަށް ސީޕްލޭން ޓާމިނަލުގެ ކަންކަން ނިންމުން މުހިއްމު ކަމަށް ރައީސް ނަޝީދު ވިދާޅުވުމުން، އެމަނިކުފާނަށް ފާޑުކިޔުންތައް އަމަޒުވެފައިވަނިކޮށް ރައީސް ނަޝީދު ލިޔުއްވައި ސޮއިކުރައްވާފައިވާ ސިޓީއެއްގައި ވިދާޅުވީ އާ ސީޕްލޭން ޓާމިނަލް ޓީއެމްއޭއަށް ދިނުމުގައި އެއްވެސް ދައުރެއް ނޯންނާނެ ކަމަށާއި އެ ދެ ކުންފުންޏާއި އެމަނިކުފާނާ ވެސް ގުޅުމެއް ނެތް ކަމަށެވެ. 

އެ ދެ ކުންފުންޏާއި އެމަނިކުފާނާ ވެސް ގުޅުމެއް ނެތްކަން ފާހަގަކުރައްވަމުން ސިޓީގައި ވަނީ ގުޅުން އޮންނަނީ ދިވެހިންނަށާއި ދިވެހިރާއްޖެއަށް ކަމަށް ވިދާޅުވެފަ އެވެ.

އެ ސިޓީގައި ވިދާޅުވީ އެއާޕޯޓާ ގުޅޭ ވާހަކަތައް އެމޭރުމުން ދައްކަވަނީ އެމަނިކުފާނުގެ ނަޒަރުގައި އެއާޕޯޓްގެ މައްސަލަ އަވަހަށް ނުނިމިއްޖެނަމަ ރާއްޖޭގެ އިގްތިސާދަށް ބޮޑު ގެއްލުމެއް ވެދާނެ ކަމަށް ގަބޫލުކުރައްވާތީ ކަމަށެވެ.

ޓީއެމްއޭއަށް އާޓާމިނަލުގެ ބޮޑު ބައެއް ދޭން އުޅޭކަމުގެ އަޑުތަކާއި ގުޅިގެން ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުންދާ މިދަނޑިވަޅުގައި ރައީސް ނަޝީދު ވަނީ މި މައްސަލައާ ގުޅިގެން އިއްޔެ ވެސް ޓްވީޓެއް ކުރައްވާފަ އެވެ. އެގޮތުން ވިދާޅުވީ އެމްއޭސީއެލް އާއި ޓީއެމްއޭގެ މުއާމަލާތް ހިނގާފައި ހުރީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ކަމަށާއި މި މައްސަލައަށް ގޮތެއް ނުހޯދިއްޖެނަމަ ރަންވޭ ހުޅުވުން ލަސްވުމުގެ އިތުރުން ޓީއެމްއޭއަށް ބަދަލުދޭން ޖެހުން ގާތް ކަމަށެވެ. 

"ސަރުކާރާއި ޓީއެމްއޭއަސް ވެސް ފައިދާ ހުރި އެއްބަސްވުމަކަށް އައުން ވަރަށް ބޭނުންތެރި. ގޯސް ހެދި މީހުން ހޯދައި، އަވަސް ތަހުގީގު ފަށަން ޖެހޭ،" ނަޝީދު ވިދާޅުވި އެވެ.

 އެމްއޭސީއެލުން އާ ޓާމިނަލާ ގުޅިގެން ޓީއެމްއޭއަށް ސިޓީއެއް ފޮނުވާފައިވާކަން ފާހަގަކޮށް ޓީއެމްއޭއިން ނެރުނު ބަޔާނެއްގައި ބުނީ އެ ސިޓީގައި ވަނީ އާ ޓާމިނަލުން ޓީއެމްއޭއަށް 10.35 ޑޮލަރު އަކަފޫޓަކަށް ޖެހޭ ގޮތަށް 31،000 އަކަމީޓަރުގެ ޖާގަ ދޭން އެމްއޭސީއެލްގެ ބޯޑުން ނިންމާފައިވާ ކަމަށެވެ. 

އޭގެ އިތުރުން، ބިމުގެ ކުލީގެ އިތުރުން ޓާމިނަލް ބޭނުންކުރާ ކޮންމެ ޕަސެންޖަރަކަށް ފަސް ޑޮލަރުގެ ޗާޖެއް ވެސް ނަގަން ޖެހޭ ގޮތަށް ކަމަށް ސިޓީގައިވާ ކަމަށެވެ.

އަލަށް ހަދައި ސީޕްލޭން ޓާމިނަލް ޓީއެމްއޭއަށް ދޭން އުޅޭކަމުގެ އަޑުތަކާއެކު އެތައް ބައެއްގެ ކަންބޮޑުވުން ހުރިއިރު އެކަމުގެ އޮޑިޓެއް ވެސް އޮޑިޓާ ޖެނަރަލްގެ އޮފީން ވަނީ ކޮށްފަ އެވެ.

އެ ރިޕޯޓް ބުނާ ގޮތުން އާ ޓާމިނަލުން 5،382 އަކަމީޓަރުގެ ޖާގަ ދެވިދާނެ އެވެ. އެގޮތުން ކޮންމެ އަކަމީޓަރަކަށް 10.35 ޑޮލަރު ނަގަން ނިންމާފައިވާއިރު އެވަރަށް ޖާގަދީފިނަމަ ދައުލަތަށް 33 މިލިއަން ޑޮލަރު ލިބޭނެ ކަމަށް އަންދާޒާކުރެ އެވެ.

އެ ނިންމުމާއެކު ފިނޭންސް މިނިސްޓްރީން ބުނީ އެމްއޭސީއެލުން ތަރައްގީ ކުރަމުންގެންދާ ސީޕްލޭން ޓާމިނަލަކީ އެއާޕޯޓުގެ ޓްރެފިކް މެނޭޖު ކުރުމަށްޓަކައި ކޮންމެހެން ބޭނުންވާ މަޝްރޫއެއް ކަމަށެވެ. އަދި ޓޫރިޒަމް ދެމެހެއްޓުމަށް ސީޕްލޭން އޮޕަރޭޓް ކުރާ ކުންފުނިތަކަކީ މުހިއްމު ބައެއްކަން ފާހަގަކޮށް މިނިސްޓްރީން ބުނެފައި ވަނީ އޮޕަރޭޓަރުންނަށް ބޭނުންވާ އިންފްރާސްޓްރަކްޗާ ތަރައްގީކޮށް ހުރިހާ ކުންފުނިތަކަކަށް ވެސް ބޭނުންކުރެވޭ ގޮތަށް އޮތުމަކީ މުހިއްމު ކަމެއް ކަމަށް ބުނެފަ އެވެ. 

40 މިލިއަން ޑޮލަރު (616.8 މިލިއަން ރުފިޔާ) ހަރަދުކޮށްގެން ތަރައްގީކުރަމުން އަންނަ އެ ސީޕްލޭން ޓާމިނަލް، ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން އޮޕަރޭޓަރު ކަމަށްވާ ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) އަށް ކުއްޔަށް ދޭން އުޅޭކަމުގެ އަޑުތަކާއެކު އެ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. 

ސީޕްލޭން ޓާމިނަލް ގެ އަމަލީ މަސައްކަތް މި އަހަރުގެ ޖެނުއަރީ 29 ގައި ފެށިއިރު އެ ތަނުގެ 73 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާ ކަމަށް ކުރިން އެމްއޭސީއެލުން ވަނީ ބުނެފައެވެ.

14000 އަކަ ފޫޓު ހުންނަ އެ ޓާމިނަލް ގެ މަސައްކަތް ކުރަން ހަވާލުކޮށްފައި ވަނީ ޗައިނާގެ ބެއިޖިން އާބަން ކޮންސްޓްރަކްޝަން (ބީޔޫސީޖީ) އާ އެވެ

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް