ads
ހުޒައިފާ އަދި ޖޭއެސްސީގެ ރައީސް ހިސާން
ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް ހުޒައިފާ
ފެމިލީ ކޯޓުގެ އިސް ގާޒީގެ މަގާމުގައި ހުންނެވި ހުޒައިފާ މުހައްމަދު ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް އައްޔަން ކުރަން ޖުޑީޝަލް ސަރވިސް ކޮމިޝަނުން ނިންމައިފިއެވެ.

ހުޒައިފާ، ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް އައްޔަން ކުރަން ނިންމިކަން ޖޭއެސްސީން ހާމަކުރީ މިއަދުއެވެ. ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަގާމުން އިސްތިއުފާ ދެއްވި އަލީ ސަމީރުގެ ބަދަލުގައި އެ މަގާމަށް ހުޒައިފާ ހަމަ ޖައްސަން މިއަދު ޖޭއެސްސީން ނިންމިއިރު، ހައިކޯޓުގެ އިތުރު ދެ ފަނޑިޔާރުންގެ މަގާމު ހުސްކޮށް އަދި އެބައޮތެވެ. އެ ދެ މަގާމަށްވެސް ފަނޑިޔާރުން ހޯދަން ޖޭއެސްސީންވަނީ އިއުލާނުކޮށްފައެވެ. 

ހުޒައިފާ އައްޔަން ކުރައްވަން ނިންމި ނަމަވެސް ރަސްމީކޮށް ފަނޑިޔާރުކަމުގެ މަގާމާ ހަވާލުވާނީ ހުވައި ކުރެއްވުމަށް ފަހުއެވެ. ހުޒައިފާ ހައިކޯޓުގެ ފަނޑިޔާރުކަމުގެ ހުވައި ކުރައްވާނީ ކޮން އިރަކު ކަމެއް އަދި ނޭނގެއެވެ.

ފެމިލީ ކޯޓުގެ އިސް ގާޒީގެ މަގާމުގައި ހުންނެވި ހުޒައިފާއަކީ ދެހާސް ހަތްވަނަ އަހަރުން ފެށިގެން ފެމިލީ ކޯޓުގެ ގާޒީއެކެވެ. އެ ކަމަނާއަކީ ސުޕީރިއާ ކޯޓެއްގެ އިސް ގާޒީކަމަށް އެންމެ ފުރަތަމަ އައްޔަން ކުރެވުނު ގާޒީވެސްމެއެވެ. އަދި އެންމެ ފުރަތަމަ އަންހެން ގާޒީންގެ ތެރޭގައިވެސް ހުޒައިފާ ހިމެނިވަޑައިގަންނަވައެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް