ރައްޔިތުންގެ މަޖިލީޙުގެ މިއަދުގެ ޖަލްސާ ފަށްޓަވަމުން ރައީސް ނަޝީދު ވިދާޅުވީ ރިޔާސަތުން އަންގާ އެންގުމުގެ ތެރެއިން ދެ ކަމެއް މިއަދު އޮތް ކަމަށެވެ. އެއިގެ ތެރެއިން ފުރަތަމަ ކަމަކީ މީސް މީޑިޔާގައި ދައުރުވަމުންދާ ފޮޓޯތަކުގެ ވާހަކަ އެވެ.
ނަޝީދު ވިދާޅުވީ އެކި މީސްމީހުންނަށް ކުރެވޭ ތުހުމަތު ތަކެއް ކަމަށެވެ. އެހެންކަމުން ތުހުމަތެއްގެ މައްޗަށް އަސްލެއް ނެތް ކަމަކަށް މަޖިލީހުގައި ބަހުސް ކުރުމަކީ އެމަނިކުފާނު ގަބޫލުކުރައްވާ ހަމަތަކެއް ނޫން ކަމަށެވެ. އެހެންކަމުން ކުއްލި މައްސަލައިގެ ގޮތުގައި ހުށަހެޅި މައްސަލައަށް މިއަދު ބަހުސް ނުކުރައްވާނެ ކަމަށެވެ.
އަދި ފޮޓޯގެ ޗެއިން އޮފް ކަސްޓަޑީ އުފެދިފައި އޮތްގޮތް ދެނެނުގަނެ އެއްވެސް މީހެއްގެ އަބުރަށް ގެއްލުންވާ ގޮތައް ދައުލަތުގެ އެއްވެސް މުއައްސަސާއަކުން ކަމެއް ކުރުމަކީ ރާއްޖޭގެ އުސޫލުތަކާއި ހަމަތަކާއި ހިލާފުކަމެއް ކަމަށެވެ.
އެއްޖިންސުން ގުޅުން ހިންގި ކަމަށް ބުނެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލާފައިވާއިރު ރައީސް ނަޝީދުގެ އެއްބަނޑު އެއްބަފާ ކޮށްކޮ ނާޒިމް ސައްތާރު އެއްޖިންސުން ގުޅުން ހިންގި ކަމަށް ބުނާ ވީޑިއޯއެއް މީސް މީޑިޔާގައި ދަނީ ދައުރުވަމުންނެވެ.
އަދި ރައްޔިތުންގެ މަޖިލީހުގެ ދެ މެންބަރެއްގެ މައްޗަށްވެސް ވަނީ މީސް މީޑިޔާގައި މިފަދަ ތުހުމަތުތަކެއް ކުރެވި ވީޑިއޯތައް ދައުރުވަމުންނެވެ.
މި މައްސަލަތައް މިހާރު ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.