ads
އެމްޕީއެލް އިން މުދާ ކްލިއާ ކުރަނީ -- ފޮޓޯ؛ އެމްޕީއެލް
މިދިޔަ މަހު ރާއްޖެއަށް 4.4 ބިލިއަން ރުފިޔާގެ މުދާ އެތެރެ ކުރި: ކަސްޓަމްސް
މިދިޔަ މޭ މަހު ރާއްޖެއަށް 4.4 ބިލިއަން ރުފިޔާގެ މުދާ އެތެރެ ކޮށްފައި ވާކަމަށް ކަސްޓަމްސް އިން ނެރުނު ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

ކަސްޓަމްސް އިން އާއްމުކޮށްފައިވާ ހިސާބުތައް ދައްކާ ގޮތުން 2021 ވަނަ އަހަރުގެ މޭ މަހު ރާއްޖެއަށް އެތެރެ ކޮށްފައިވަނީ، 2.9 ބިލިއަން ރުފިޔާގެ މުދަލެވެ. އެހެން ނަމަވެސް މިދިޔަ މަހު ރާއްޖެއަށް އެތެރެ ކުރި މުދަލުގެ އަގު 4.4 ބިލިއަން އަށް ވަނީ އަރާފަ އެވެ. 

މިދިޔަ އަހަރުގެ މޭ މަހު ދައުލަތަށް ކަސްޓަމްސް ފީގެ ގޮތުގައި، 239 މިލިއަން ރުފިޔާ ލިބިފައި ވާއިރު، މި އަހަރުގެ މޭ މަހު ދައުލަތަށް ފީގެ ގޮތުގައި، 300 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. މިއީ 26 އިންސައްތައިގެ ކުރިއެރުމެކެވެ.  

މިދިޔަ އަހަރުގެ މޭ މަހު ރާއްޖެއިން 515 ރުފިޔާގެ މުދާ ބޭރުކޮށްފައި ވާއިރު، މި އަހަރު މޭ މަހު ރާއްޖެއިން ވަނީ، 719 މިލިއަން ރުފިޔާގެ މުދާ ބޭރުކޮށްފަ އެވެ. 

މިދިޔަ މަހު ރާއްޖެއަށް އެންމެ ގިނަ މުދާ އެތެރެ ކޮށްފައިވަނީ އޮމާން އިންނެވެ. އެގައުމުން 783 ރުފިޔާގެ މުދާ އެތެރެ ކޮށްފައި ވާއިރު، އިންޑިއާ އިން ވަނީ 650 މިލިއަން ރުފިޔާގެ މުދާ އެތެރެ ކޮށްފަ އެވެ. ޗައިނާއިން 447 މިލިއަން ރުފިޔާގެ މުދާ އެތެރެ ކޮށްފައި ވާއިރު، ޔޫއޭއީ އިން ވަނީ، 426 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފަ އެވެ. އަދި ސިންގަޕޫރުން މިދިޔަ މަހު ރާއްޖެއަށް 387 މިލިއަން ރުފިޔާގެ މުދާ ވަނީ އެތެރެ ކޮށްފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް