ads
މ. މަޑުއްވަރީ ގިރާ ސަރަހައްދު
ރަށް ގިރުމުގެ މައްސަލައަށް އަވަސް ހައްލެއް ބޭނުން!
ރާއްޖޭގެ ރަށްތައް އާދަޔާ ހިލާފަށް ގިރަމުން އަންނަ ވާހަކަ މިދުވަސްވަރު އަންނަނީ އިވެމުންނެވެ.
Advertisement

ހާއްސަކޮށް ރާއްޖޭގެ އުތުރާއި މެދުރާއްޖެ ތެރޭގެ ރަށްތައް ގިރަމުން އަންނަކަމުގެ ޝަކުވާ ރައްޔިތުން އަންނަނީ ކުރަމުންނެވެ. މިހާބޮޑަށް ރަށްތައް ގިރުމަށް ދިމާވާ ސަބަބުތަކެއް ކަމަށް ކަމާއި ގުޅުންހުރި އިދާރާތަކުން ހާމަކުރާ ބައެއް ކަންކަން އެބަހުއްޓެވެ. 

އެގޮތުން ތިމާވެއްޓާއި ބެހޭ ވުޒާރާއިން ބުނާ ގޮތުގައި ރާއްޖޭގެ ރަށްތައް އާދަޔާ ހިލާފަށް ގިރުން ކުރިމަތިވީ އިންޑިއާ ކަނޑުގައި ބައެއް ފަހަރު ކުރިމަތިވާ ހާއްސަ ހާލަތެއް ކަމަށްވާ އިންޑިއަން އޯޝަން ޑައިޕޯލްގެ ސަބަބުން ކަމަށެވެ. އެގޮތުން ދުނިޔެ އަށް އަންނަ ބައެއް ބަދަލުތަކުގެ ސަބަބުން ކޮންމެ ފަސް އަހަރަކާއި 10 އަހަރަކު މޫސުމަށް އެ ބަދަލުތައް އަންނަ ކަމަށް އެ ވުޒާރާއިން މައުލޫމާތުދެ އެވެ. 

މޫސުމަށް ދިމާވެފައިވާ ހާލަތު ބަދަލުވުމުން ރަށްތަކުން ގިރާލި ވެލިގަނޑު އަނބުރާ އައުމުގެ ފުރުސަތު އެބައޮތް ކަމަށްވެސް އެ ވުޒާރާއިން ބުނެ އެވެ. 

ރަށްގިރުމުގެ މައްސަލައާއި ގުޅިގެން މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނެފައިވަނީ އިންޑިއާ ކަނޑުގެ މޫސުމަށް މިދިޔަ އަހަރު ބަދަލުތަކެއް އައިސްފައިވާ ކަމަށެވެ. އަދި އަރަބި ކަނޑުގައި އަހަރަކު އާއްމުކޮށް އެއް ތޫފާން އުފެދޭއިރު މިފަހަރު ފަސް ތޫފާން އުފެދުނު ކަން އެފަރާތުން ފާހަގަކުރެ އެވެ. އަދި އޭގެ ތިން ތޫފާނެއްގެ އަސަރު ސީދާ ރާއްޖެއަށް ކުރި ކަމަށާއި އެކަމުގެ ސަބަބުން ވެސް ރަށްގިރުން އިތުރުވުމުގެ ފުރުސަތު އޮތް ކަމަށް ބުނެ އެވެ،  

your image

ތިމާވެއްޓާއިބެހޭ ވުޒާރާއަށް ވޭތުވެދިޔަ 8 އަހަރުގެ ތެރޭގައި 79 ރަށަކުން ރަށްގިރާ މައްސަލަ ހުށަހަޅާފައިވާއިރު މިފަހަރު ރަށް ގިރައިގެން 20 ރަށުން ހުށަހަޅާފައިވެ އެވެ. 

ރަށްރަށުން މައުލޫމާތުދޭ ގޮތުގައި މިދިޔަ ނޮވެމްބަރު މަހުން ފެށިގެން ހުއްޓުމެއް ނެތި ބައެއް ރަށްރަށް އަންނަނީ ގިރަމުންނެވެ. އަދި އެގޮތަށް ގިރުމުގެ ސަބަބުން ބައެއް ރަށްރަށުގައި 30 ފޫޓަށް ވުރެއް ބޮޑަށްވެސް ގިރާފައި އެބަހުއްޓެވެ. ބައެއް ރަށްރަށުގެ ހިމާޔަތުގައި ރައްޔިތުން ވަނީ ނިކުމެ މަސައްކަތް ފަށާފަ އެވެ. 

މޫސުމީ ބަދަލުތަކާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުން ވަނީ ރާއްޖޭގައި ކްލައިމެޓް އެމާޖެންސީ އިއުލާނު ކުރުމަށް ގަރާރެއް ވެސް ފާސްކޮށްފަ އެވެ. އެހެން ނަމަވެސް މިގޮތަށް ފާސްކުރާ ގަރާރަކުން އަދި މިކަން ފަރު ޖައްސާލެވޭކަށް ނެތެވެ. ގިރަމުންދާ ރަށްތަކުގެ ހިމާޔަތުގައި އެރަށްތައް ސަލާމަތް ކުރުމަށް ތިމާވެއްޓާއި ބެހޭ ވުޒާރާއާއި ސަރުކާރުން އިތުރު މަސައްކަތް ކުރަން އެބެޖެހެ އެވެ. އަވަސް އެހީތެރިކަން ފޯރުކޮށްދީ ހައްލު ބޭނުންވެ އެވެ. 

67%
ކަމުގޮސްފި
17%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
17%
ވަރަށް ސަލާމް
ކޮމެންޓްސް