ads
މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)
ސުންގަނޑި ހަމަވުމުގެ ކުރިން އިންކަމް ޓެކްސް ބަޔާން ހުށަހެޅުމަށް މީރާއިން އެދިއްޖެ
ހުސްވި 2021 ވަނަ އަހަރުގެ އިންކަމް ޓެކްސް ބަޔާން ހުށަހެޅުމުގެ ސުންގަނޑި މާދަމާގެ ނިޔަލަށް ހަމަވާތީ، އެ ބަޔާން ހުށަހެޅުމަށް މީރާއިން އިލްތިމާސްކޮށްފި އެވެ.

މިރާ އިން މިއަދު ބުނީ، އިންކަމް ޓެކްސް ދައްކަންޖެހޭ ފަރާތްތަކުން ބޭންކު ތަކާއި އިންޝުއަރަންސްގެ ވިޔަފާރިކުރާ ފަރާތްތައް ފިޔަވާ އެހެން ފަރާތްތަކުން ޓެކްސް ބަޔާން މީރާގެ 604 ފޯމު މެދުވެރިކޮށް ހުށަހަޅަން ޖެހޭނެ ކަމަށެވެ. 

މީރާއިން ބުނީ، އިންކަމް ޓެކްސް ދެއްކުމަށް އެ އިދާރާއަށް ހާޒިރުވުމުގެ ބަދަލުގައި މިރާ ކަނެކްޓް މެދުވެރިކޮށް އޮންލައިންކޮށް ފައިސާ ދެއްކުމަށް އެދޭ ކަމަށެވެ. އަދި އިންކަމް ޓެކްސް ބަޔާން ތައްޔާރު ކުރުމަށް އެހީތެރިކަމެއް ބޭނުންވާނަމަ މީރާގެ ހޮޓްލައިން 1415 އަށް ގުޅައިގެން ނުވަތަ މީރާއަށް މެއިލް ކޮށްގެން އެ ފަރާތަކަށް އެހީތެރިކަން ލިބިގެންދާނެ ކަމަށެވެ. 

މީރާއިން އިތުރަށް ބުނާ ގޮތުގައި އިންކަމް ޓެކްސް ފައިސާ ދައްކަންޖެހޭ ފަރާތްތަކަކީ ކޮބައިކަން މީރާގެ ވެބްސައިޓުން ބަލާލެވޭނެ ކަމަށެވެ.

އިންކަމް ޓެކްސް ބަޔާން ހުށަހަޅަން ނުޖެހެ ފަރާތްތައް:

• 2020 އަދި 2021 ވަނަ އަހަރުގެ ޖުމުލަ އާމްދަނީ 2 މިލިއަން ރުފިޔާއަށް ވުރެ އިތުރު ނުވާ އަދި 2020 އަދި 2021 އަހަރުގެ ޓެކްސް ބިނާކުރެވޭ އާމްދަނީ 720,000ރުފިޔާއަށް ވުރެ އިތުރު ނުވާ ފަރުދުން 2021 ވަނަ އަހަރަށް އިންކަމް ޓެކްސް ބަޔާން ހުށަހެޅުމުން އިސްތިސްނާވާނެ

• ފަރުދަކަށް 2021 ވަނަ އަހަރު ލިބުނު ޖުމުލަ އާމްދަނީއަކީ ވަޒީފާދޭ އެންމެ ފަރާތަކުން ލިބުނު އުޖޫރަ ކަމުގައިވާނަމަ، އެ ފަރާތުން 2021 ވަނަ އަހަރަށް އިންކަމް ޓެކްސް ބަޔާން ހުށަހަޅާކަށް ނުޖެހޭނެ

• 2020 އަދި 2021 އަހަރުގެ ޖުމުލަ އާމްދަނީ 2 މިލިއަން ރުފިޔާއަށް ވުރެ އިތުރު ނުވާ އަދި 2020 އަދި 2021 އަހަރުގެ ޓެކްސް ބިނާކުރެވޭ އާމްދަނީ 500,000ރުފިޔާއަށް ވުރެ އިތުރު ނުވާ ކުންފުނިތަކާއި ޕާޓްނަރޝިޕްތަކުން 2021 ވަނަ އަހަރަށް އިންކަމް ޓެކްސް ބަޔާން ހުށަހެޅުމުން އިސްތިސްނާވާނެ

• 2020 އަދި 2021 އަހަރުގައި އެއްވެސް އާމްދަނީއެއް ލިބިފައިނުވާނަމަ ކުންފުނިތަކާއި ޕާޓްނަރޝިޕްތަކުން 2021 ވަނަ އަހަރަށް އިންކަމް ޓެކްސް ބަޔާން ހުށަހަޅާކަށް ނުޖެހޭނެ

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް