ads
ނޫސްވެރިން ކުރާ ހިމޭން އިހުތިޖާޖު
136 ވަނަ މާއްދާ އާއި ދެކޮޅަށް ނޫސްވެރިން ތެދުވެއްޖެ
ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަފައިވާ ހެއްކާ ބެހޭ ބިލުގެ 136 ވަނަ މާއްދާގެ އާއި ދެކޮޅަށް އަޑުއުފުލުމަށް ނޫސްވެރިން ތެދުވެއްޖެ އެވެ.

މިކަމާއި ގުޅޭ ގޮތުން ގިނަ ނޫސްވެރިން ކަންބޮޑުވުން ފާޅު ކުރަމުން އަންނަ ދަނޑިވަޅެއްގައި، މި ބިލާއި ދެކޮޅަށް މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން މިއަދު މަޖިލީހުގެ އިދާރާ ކައިރީ ހަމަހިމޭން އިހުތިޖާޖެއް ކުރުމަށް ވަނީ ހަމަޖެހިފަ އެވެ. 

މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން އިން ބުނީ، މި އިހުތިޖާޖަކީ 136 ވަނަ މާއްދާއަކީ ނޫސްވެރިކަމަށް އޮތް ނުރައްކަލަކަށް ވުމުން ކަމަށެވެ. 

ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ ބިލުގައި ވާގޮތުން ނަމަ، ވަކި ހާލަތްތަކެއްގައި ނޫސްވެރިންގެ މަސްދަރު ހާމަކުރަން މަޖުބޫރު ކުރެވޭނެ އެވެ.

ހެއްކާ ބެހޭ ގާނޫނުގެ 136 ވަނަ މާއްދާގެ (ހ) ގައި ވަނީ މަސްދަރު ހާމަކުރުމުގެ ސަބަބުން އެ މީހާ އަށް ނުވަތަ އެހެން ފަރާތަކަށް ވެސް ވެދާނެ ގެއްލުމަށް ވުރެ މަސްދަރު ހާމަކުރުމުގެ އާންމު މަސްލަހަތު ބޮޑުވާ ހާލަތްތަކުގައި މަސްދަރު ހާމަކުރަން މަޖުބޫރުކުރެވިދާނެ ކަމަށެވެ. 

އަދި ފަނޑިޔާރަށް ލިބިފައިވާ ބާރުގެ ތެރޭގައި މަސްދަރު ހާމަކުރަން ނޫސްވެރިންނަށާއި އޭނާ މަސައްކަތްކުރާ މީޑިއާއަށް މަޖުބޫރު ކުރެވިދާނެ ކަމަށްވެސް އެ ބިލުގައި ވަނީ ބުނެފަ އެވެ.

33%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
67%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް