އިލެކްޝަން ކޮމިޝަނުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން މި އިންތިހާބުގައި ވާދަކުރި ފަސް ގޮނޑީގެ ތެރެއިން 3 ގޮނޑިއެއް އެމްޑީޕީން ވަނީ ކާމިޔާބުކޮށްފަ އެވެ.
މިއަދު އިންތިހާބު ބާއްވާފައިވަނީ ށ. ޅައިމަގު، ށ. ކޮމަންޑޫ، ކ. ތުލުސްދޫ އަދި އއ. ތޮއްޑޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަންގެ ވޯޓުލުމެވެ.
ކޮމަންޑޫގައި ބާއްވާފައިވަނީ ޑަބްލިއޫޑީސީގެ ދެ މެންބަރުން އިންތިހާބު ކުރުމެވެ. ޅައިމަގާއި، ތުލުސްދޫ އަދި ތޮއްޑޫގައި ބާއްވަނީ ޑަބްލިއުޑީސީގެ ހުސްވެފައިވާ އެންމެ މަގާމެއްގެ ވޯޓުލުމެވެ.
އއ.ތޮއްޑޫ ވަގުތީ ނަތީޖާ ދައްކާގޮތުން ހޮވިފައިވަނީ 315 ވޯޓާއެކު އެމްޑީޕީގެ ކެންޑިޑޭޓް އައިމިނަތު މަޖުދާ އެވެ
ކ.ތުލުސްދޫ ވަގުތީ ނަތީޖާ ދައްކާގޮތުން ހޮވިފައިވަނީ 300 ވޯޓާއެކު އަމިއްލަ ގޮތުން ވާދަކުރެއްވި އައިޝަތު ރަޝާދު އެވެ.
ށ.ޅައިމަގު ވަގުތީ ނަތީޖާ ދައްކާގޮތުން ހޮވިފައިވަނީ 152 ވޯޓާއެކު އެމްޑީޕީގެ ކެންޑިޑޭޓް މަރިޔަމް ޒުހުރާ އެވެ.
ށ.ކޮމަންޑޫ ވަގުތީ ނަތީޖާ ދައްކާގޮތުން ހޮވިފައިވާ ދެ ކެންޑިޑޭޓަކީ 334 ވޯޓާއެކު އެމްއެންޕީގެ ކެންޑިޑޭޓް ޒައީމާ އާދަމް އާއި، 288 ވޯޓާއެކު އެމްޑީޕީގެ ކެންޑިޑޭޓް އައިޝަތު ވަހީދާ އެވެ.
އއ.ތޮއްޑޫ ޑަބްލިއުޑީސީގެ ވަގުތީ ނަތީޖާ
ކ.ތުލުސްދޫ ޑަބްލިއުޑީސީގެ ވަގުތީ ނަތީޖާ
ށ.ޅައިމަގު ޑަބްލިއުޑީސީގެ ވަގުތީ ނަތީޖާ
ށ.ކޮމަންޑޫ ޑަބްލިއުޑީސީގެ ވަގުތީ ނަތީޖާ
އިލެކްޝަން ކޮމިޝަނުން ބުނީ ދާއިމީ ނަތީޖާ މާދަމާ އިއުލާނުކުރައްވާނެ ކަމަށެވެ.