ads
އަލިމަތާ ރިސޯޓުން މޫދަށް ކުނި އަޅަނީ
މޫދަށް ކުނި އެޅުމުން އަލިމަތާ ރިސޯޓު 3 ލައްކަ ރުފިޔާ އިން ޖޫރިމަނާކޮށްފި
ވ. އަލިމަތާ ރިސޯޓުން ކުނި މެނޭޖު ކުރުމުގެ ގަވައިދާއި ހިލާފަށް މޫދަށް ކުނި އެޅި މައްސަލާގައި 312،000 ރުފިޔާއިން ޖޫރިމަނާ ކޮށްފި އެވެ.
Advertisement

މި މައްސަލަ އާއި ގުޅިގެން އެންވަޔަރްމެންޓަލް ޕްރޮޓެކްޝަން އޭޖެންސީ އިން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ، އެއްވެސް ބާވަތެއްގެ ކުންޏެއް މޫދަށް އެޅުމަކީ މަނާ ކަމެއް ކަމަށާއި، ކުނި މެނޭޖްކުރުމުގެ ގަވާއިދުގެ މިންގަނޑުތަކާ އަލިމަތަ ރިސޯޓުން ހިލާފުވެފައިވާ ކަމަށެވެ. 

އެހެން ކަމުން ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާއި ބެހޭ ގާނޫނުގެ ދަށުން، އެ ރިސޯޓު 312،750 ރުފިޔާ އިން ޖޫރިމަނާކޮށް އެ ފައިސާ 30 ދުވަހުގެ ތެރޭ ދެއްކުމަށް އަންގާ ކަމަށެވެ. 

"ނަކައި ރިސޯޓު ގްރޫޕުގެ ދަށުން ވ. އަލިމަތައިގައި ހިންގާ ނަކަތް އަލިމަތަ ރިސޯޓުން ވަނީ ކަނޑަށް ކުނި އަޅާފަ. އަދި އެ ރިސޯޓު ވަނީ، ކުނި މެނޭޖުކުރުމުގެ ގަވައިދުގައި ކަނޑައަޅާފައިވާ ކުނި މެނޭޖުކުރުމުގެ މިންގަނޑާ ހިލާފުވެފަ." ބަޔާނުގައި ވަނީ ބުނެފަ އެވެ.

ވ. އަތޮޅުގެ ބައެއް ރިސޯޓުތަކުން މޫދަށް ކުނި އަޅާ މައްސަލަ ތަހުގީގުކޮށްދިނުމަށް، އެ އަތޮޅު ކައުންސިލުން ފުލުހުންނަށް ހުށަހެޅީ މި އަހަރުގެ އޭޕްރީލް މަހުގެ ތެރޭގަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް