ads
ރައީސް ޑރ މުހައްމަދު މުއިއްޒު - ފޮޓޯ: ރައީސް އޮފީސް
އީދުގައި އިސްކަން ދޭންވީ އިޖްތިމާއީ ރޫޙާއި އެއްބައިވަންތަކަން އާލާކުރުމަށް: ރައީސް
އީދުގައި އިސްކަންދޭންވީ އިޖްތިމާއީ ރޫޙާއި އެއްބައިވަންތަކަން އާލާކުރުމަށް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
Advertisement

ރައީސް މިފަދައިން ވިދާޅުވީ ބަރަކާތްތެރި އަސްހާ އީދުގެ ތަހުނިޔާ ފޮނުއްވަމުންނެވެ.

ރައީސް ވިދާޅުވީ ކޮންމެ ޢީދަކީވެސް އުފާވެރި ހަނދާންތަކެއް ހިތްތަކުގައި ބިންވަޅު ނެގޭ ބަރަކާތްތެރި އިޙްތިފާލަކަށް ހެދުމަކީ، އެމަނިކުފާނުގެ އެންމެ އިހުލާސްތެރި އިލްތިމާސް ކަމަށެވެ. އެގޮތުން ދޮށީ އުމުރުގައި ތިބި މައިންބަފައިން އުފާކޮށްދިނުމާއި، އަވަށްޓެރިކަމުގެ ގުޅުންތައް ދެމެހެއްޓުމާއި، ގާތްތިމާގެކަމާއި ރަޙްމަތްތެރިކަން އިތުރަށް ބަދަހިކުރުމާއި، ދަރީންނަށް ރިވެތި ނަމޫނާއާއި ނަސޭހަތްތަކުން ތަސައްލީ ލިބިދިނުމަކީ، އީދުގެ ހަގީގީ ޒީނަތްތެރިކަން ކަމަށް ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑުމެން އިސްކަން ދޭންވާނީ، މިފަދަ ބަރަކާތްތެރި ކޮންމެ މޫސުމެއްގައިވެސް އިޖުތިމާއީ ރޫޙާއި އެއްބައިވަންތަކަން އާލާ ކުރުމަށެވެ،" ހައްޖުގެ އަޅުކަމަށް މިވަގުތު ސައުދީއަށް ވަޑައިގެން ހުންނަވާ ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މިފަދަ ކޮންމެ ޢީދަކުމެ، ދުރާއި ގާތުގައި ތިބި މުސްލިމް އަހުންނާއި އުޚުތުންގެ މަތީން ހަނދާން ކުރަންޖެހޭ ކަމަށާއި ވަކީން ހާއްސަކޮށް، ފަލަސްތީނުގެ ލޮބުވެތި އުހުއްވަތްތެރީންނަށް ހިތްތަކުގައި އޮތް ކުލުނު، ދިވެހި ރައްޔިތުން ބަންޑުންކޮށްލަނީ ކަރުނައާއެކު ދަންނަވާ ހެޔޮ ދުއާތަކުން ކަމަށެވެ.

"މުސްލިމުންގެ މުގައްދަސް މިސްކިތުގެ ހިމާޔަތުގައި، އަދި ﷲ ބަރަކާތްލެއްވި އެ މާތް ބިމުގެ ޙައްޤުގައި، ފަލަސްތީނުގެ މުސްލިމުން ކުރާ ޖިހާދުގައި ބަރަކާތް ލައްވާށި އެވެ. ﷲގެ ހަޒްރަތުން މަދަދާއި، ރިޒްގާއި، ހަމަޖެހުމާއި، އަމާންކަން އަޅުގަނޑުމެންގެ ލެޔާއި ވިންދާ ގުޅިފައިވާ އެ ލޮބުވެތި އާއިލާތަކަށް ދެއްވާށިއެވެ. އާމީން،" ރައީސްގެ ހިތާބުގައިވެ އެވެ.

ދިވެހި ރައްޔިތުންނަށް މިއަހަރުގެ ބޮޑު އީދަކީ، އަމާންކަމާއި، ބާއްޖަވެރިކަމުން ފުރިގެންވާ މުނާސަބާއެއް ކަމުގައި ލެއްވުމަށް ރައީސް ވަނީ ދުޢާ ކުރައްވާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް