ads
މާލޭގެ މަގުމަތީގައި ސިފައިންނާއި ފުލުހުން އަމާން ބަލަހައްޓަނީ..
ރޭ ދަންވަރު ވެސް، މިއަދު ވެސް ދެ ގުރޫޕެއްގެ ދެމެދުގަ މާރާމާރީއެއް ހިނގައިފި
ރޭ ދަންވަރުގެ ވަގުތެއްގަ އަދި މިއަދު ހެނދުނު ވަގުތެއްގަ އަނެއްކާވެސް ދެ ގުރޫޕެއްގެ ދެމެދުގައި މާރާމާރީއެއް ހިނގައިފި އެވެ.

ފުލުހުން "ސީއެންއެމް" އަށް ވަނީ ރޭ ދަންވަރު މާރާމާރީއެއް ހިނިކަން ކަށަވަރުކޮށްދީފަ އެވެ. ފުލުހުން ބުނީ، އެ މާރާމާރީ ހިނގާފަވަނީ ރޭ ދަންވަރު 3:36 ހާއިރު ކަމަށާއި، އެ މާރާމާރީއާއި ގުޅިގެން އެއްވެސް މީހަކަށް އަނިޔާއެއް ލިބުނު ކަމަށް މައުލޫމާތު ނުލިބޭ ކަމަށެވެ. 

އަދި އެމާރާމާރީއާއި ގުޅިގެން އެއްވެސް މީހަކު މިހާތަނަށް ހައްޔަރުނުކުރާ ކަމަށް ފުލުހުން ބުންޏެވެ.

މައުލޫމާތު ލިބޭގޮތުން ބޮޑުތަކުރުފާނު މަގުގައި މިއަދު ވެސް ދެ ގުރޫޕެއްގެ ދެމެދުގައި ވަނީ މާރާމާރީއެއް ހިނގާފަ އެވެ. އެ މާރާމާރީގައި އެ ސަރަހައްދުން ދަތުރުކުރި ޓެކްސީތަކަށްވެސް ގެއްލުން ލިބުނެ އެވެ. 

ފުލުހުން ބައެއް މީޑިއާތަކަށް ވަނީ އެފަދަ މާރާމާރީއެއް މިއަދު ހިނގާފަވާކަން ކަށަވަރުކޮށްދީފަ އެވެ. ނަމަވެސް އެއްވެސް މީހަކަށް އަނިޔާއެއް ވެފަ ނުވާކަމަށް ފުލުހުން ބުންޏެވެ. އަދި މި މާރާމާރީ ހިނގަން މެދުވެރި ސަބަބު ބަލަމުންދާ ކަަމަށް ފުލުހުން ބުންޏެވެ.

މިދިޔަ ކުޑަ އީދުގައި ވެސް ވަނީ ހެނދުނު ގޭންގުތަކެއްގެ މެދުގައި މާރާމާރީއެއް ހިންގާފަ އެވެ. އެފަހަރު ހިނގި މާރާމާރީއާއި ގުޅޭ ސިލްސިލާ މާރާމާރީތައް އަދިވެސް ދަނީ ހިނގަމުން ނެވެ. އަދި އެ މާރާމާރީއާއި ގުޅިގެން ހަތް މީހަކު ހޯދަން ފުލުހުން ވަނީ އިއުލާންކޮށް އެތައް ބަޔަކު ހައްޔަރުވެސް ކޮށްފަ އެވެ. 

އެފަހަރު އެ މާރާމާރީ ހިނގާފަވަނީ ކުލަޖަހަން އުޅުމުގެ ތެރޭ ހިނގި ހަމަނުޖެހުމެއްގަ ކަމަށްވެއެވެ. މިއަދު ހިނގި މާރާމާރީ ހިނގާފަވާ ސަބަބެއް ސާފެއް ނުވެއެވެ. 

އީދު ފާހަގަކުރުމުގެ ތެރޭ ހިނގާ ހަމަނުޖެހުންތައް ހުއްޓުވުމަށް ބައެއް ރަށްރަށުގައި ވަނީ ކުލަޖެހުންވެސް މަނާކޮށްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް