މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެ އެވެ. މި ލޯންޗުން ދަތުރުކުރި ފަރާތްތައް ކޯސްޓުގާޑުގައި މިހާރު މާލެ ގެނައުމަށް ދަނީ ދަތުރު ކުރަމުންނެވެ.
"އަލިމަސް" ނަމަކަށް ކިޔާ މި ލޯންޗު 33 މީހުންނާއެކު ދަތުރުކުރަމުން ދިޔަ މި ލޯންޗަކީ ސަމާ އައިލެންޑް ރިސޯޓުން ފުރައިގެން ރ.މީދޫ އަށް ދަތުރު ކުރަމުން ދިޔަ ލޯންޗެއް ކަމަށް ކޯސްޓްގާޑުން މަައުލޫމާތުދެ އެވެ.
ކޯސްޓްގާޑުން ބުނީ މި ހާދިސާގެ ރިޕޯޓު ލިބިފައިވަނީ މިއަދު ހަވީރު 17:59 ހާއިރު ކަމަށާއި، މައުލޫމާތު ލިބުމާއެކު ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންގެ ސިފައިން އެހީތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތް ފަށާފައިވާ ކަމަށެވެ.
ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންގެ އެފްއައިސީ "ވެލާނާ" އަށް އިންޖީނު ހުއްޓުނު ލޯންޗުން ދަތުރުކުރަމުންދިޔަ އެންމެން ބަދަލުކޮށް، މާލެ ގެނައުމަށް މިހާރު ދަނީ ދަތުރުކުރަމުންނެވެ.