ads
ގެއްލިގެން ހޯދަމުންދާ ރާމިޒް
ރާމިޒް ހޯދުމުގެ މަސައްކަތް ހުއްޓައެއް ނުލަން: އެމްއެންޑީއެފް
ނ.ހެނބަދޫން ގެއްލިގެން ހޯދަމުން އަންނަ އިބްރާހީމް ރާމިޒް ހޯދުމުގެ މަސައްކަތް އަދިވެސް ހުއްޓާ ނުލާ ކަމަށް އެމްއެންޑީއެފް އިން ބުނެފި އެވެ.

އެމްއެންޑީއެފް އިން މިރޭ މައުލޫމާތު ދެމުން ބުނީ، ރާމިޒް ހޯދުމުގެ މަސައްކަތް ހުއްޓުމެއް ނެތި ކުރިއަށް ގެންދާ ކަމަށާއި، އަދި މިހާތަނަށް އޭނާ ހޯދުމަށް ކުރި މަސައްކަތުން އޭނާ ފެނިފައި ނުވާ ކަމަށެވެ. 

މިހާތަނަށް އޭނާ ހޯދުމަށް 7481.699 ސްކޮޔާ ނޯޓިކަލް މޭލު ބަލާފައި ވާކަމަށް ވެސް އެމްއެންޑީއެފް އިން ވަނީ ބުނެފަ އެވެ. 

ރާމިޒް ދަތުރުކުރިކަމަށް ބެލެވޭ ކެނޯ، ނ.ކެނދިކުޅުދޫގެ ހުޅަނގުއުތުރު ފަރާތު އަތިރިމައްޗަށް ލައްގާފައި އޮއްވައި އާންމު މީހަކަށް ފެނިގެން އެ ރަށުގެ ކައުންސިލަށް ވަނީ މީގެ ކުރިން ރިޕޯޓް ކޮށްފަ އެވެ.

ރާމިޒް ދަތުރުކުރިކަމަށް ބެލެވޭ ކެނޯ ފެނުނުކަމުގެ މައުލޫމާތު ލިބިފައިވަނީ މިމަހުގެ ނުވަ ވަނަ ދުވަހުގެ ހެނދުނު 10:15 ހާއިރު ކަމަށް އެމްއެންޑީއެފް ވަނީ ބުނެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް