ads
ގޮޓަބަޔާ--
ގޮޓަބަޔާ އައީ އަމިއްލަ ދަތުރުފުޅެއްގަ، ހިމާޔަތެއް ނުދެން: ސިންގަޕޫރް ފޮރިން މިނިސްޓްރީ
ސްރީލަންކާގެ ރައީސް ގޮޓަބަޔާ ސިންގަޕޫރަށް މިއަދު އައިސްފަވަނީ އަމިއްލަ ދަތުރުފުޅެއްގަ ކަމަށާއި، ހިމާޔަތް ދީފަނުވާނެ ކަމަށް ސިންގަޕޫރުގެ ފޮރިން މިނިސްޓްރީން ބުނެފި އެވެ.
Advertisement

ސިންގަޕޫރުގެ ފޮރިން މިނިސްޓްރީ މިއަދު ނެރެފައިވާ ބަޔާނަކާ ހަވާލާދީ ބޭރުގެ ނޫސްތަކުން ރިޕޯޓުކުރާ ގޮތުން، ގޮޓަބަޔާ ސިންގަޕޫރަށް ވަނުމުގެ ހުއްދަ ދީފައިވަނީ އަމިއްލަ ދަތުރުފުޅެއްގަ އެވެ.

"އަމިއްލަ ދަތުރުފުޅެއްގައި ސިންގަޕޫރަށް ވަނުމުގެ ހުއްދަ ދީފައިވޭ، އެމަނިކުފާނު ހިމާޔަތް ހޯދުމަށް އެދިފައެއް ނުވޭ އަދި އެއްވެސް ހިމާޔަތެއް ދީފައެއްވެސް ނުވޭ. ސިންގަޕޫރުން އާންމުކޮށް ހިމާޔަތަށް އެދޭ ފަރާތްތަކަށް ހިމާޔަތެއް ނުދޭ”، ސިންގަޕޫރުގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައިވެ އެވެ.

އޭނާ ސިންގަޕޫރަށް މިއަދު ފުރީ ސައުދީގެ އެސްވީ 788 ގެ ފްލައިޓުން ނެވެ. އޭނާ ސިންގަޕޫރަށް ފުރާވަޑައިގަތީ އަނބިކަނބަލުންނާ، ދެ ބޮޑީގާޑުންނާއި ވެސް އެކު އެވެ. 

އޭރު އަޑުފެތުރިފައިވަނީ ސިންގަޕޫރަށް ވަޑައިގަތީ ހިމާޔަތް ހޯދުމަށް ކަމަށެވެ.

އެމަނިކުފާނުގެ މައްޗަށް ވަނީ ބޮޑެތި ކޮރަޕްޝަންގެ ތުހުމަތުތައް ކޮށްފަ އެވެ. ހޮނިހިރު ދުވަހު ހިނގި ހަމަނުޖެހުންތަކުގައި ރިޔާސީ ގަނޑުވަރާއި ބޮޑުވަޒީރު ރަނިލްގެ ގެކޮޅު އަދާ އަޅިއަށް ހެދުމުން، ގޮޓަބަޔާ ވަނީ އިސްތިއުފާ ދެއްވާނެކަމަށް އެދުވަހު ވިދާޅުވެފަ އެވެ. ރައީސް ގޮޓަބަޔާ އިސްތިއުފާ ދޭން ވައުދުވެފައޮތީ އިއްޔެ އެވެ. 

އެކަމަށްޓަކައި ގިނަ ލަންކާ ރައްޔިތުން އިންތިޒާރުގައި ތިއްބާ އިސްތިއުފާ ދޭން އެއް ދުވަހަށް ވެފަވަނިކޮށް، ގޮޓަބަޔާ އޭނާގެ އަނބިކަބަލުން ލޯމާ އާއެކު ވަނީ ގައުމު ދޫކޮށްދާން މަސަައްކަތްކޮށްފަ އެވެ. އެފުރުސަތު ނުލިބުމުން އެރޭ އަސްކަރީ މަރުކަޒެއްގަ ތިއްބެވުމަށްފަހު، އިއްޔެ ވަނީ ދެ ބޮޑީގާޑުންވެސް ހިމެނޭހެން އަސްކަރީ ޖެޓެއްގަ ރާއްޖެ އައިސްފަ އެވެ.

މަޝްރަހު ހޫނުވެފައިވަނިކޮށް، ލަންކާގެ ވަގުތީ ރައީސްކަން ބޮޑުވަޒީރު ރަނިލް އާއި ހަވާލުކުރެއްވި އެވެ. އަދި އިއްޔެ ނިމުމުގެ ކުރިން އިސްތިއުފާ ދެއްވާނެ ކަމަށް ވައުދުވި އެވެ. ނަމަވެސް މިއަދު ރާއްޖެއިން ފުރާވަޑަގަތުމާއި ހަމަޔަށްވެސް ގޮޓަބަޔާގެ އިސްތިއުފާ ސިޓީ އެ ގައުމަށް ނުލިބެ އެވެ. 

50%
ކަމުގޮސްފި
13%
އަޑުއެހިތާ މިހުރީ
13%
ސަތޭކައަކުން ސުމެއް
25%
ވަރަށް ސަލާމް
ކޮމެންޓްސް