ads
ގޮޓަބަޔާ އާއި އަންހެނުން ލޯމާ ކާރެއްގައި---
ގޮޓަބަޔާ ފުރައިފި، ފުރީ ސައުދީ ފްލައިޓަކުން
އިސްތިއުފާ ދެއްވަން ވެފައި އޮއްވާ ފިއްލަވައިގެން އިއްޔެ ރާއްޖެއަށް ވަޑައިގެން، ލަންކާގެ ރައީސް ގޮޓަބަޔާ ރާޖަޕަކްސަ ސައުދީ އެއާލައިނަކުން މިއަދު ސިންގަޕޫރަށް ފުރާވަޑައިގެންފި އެވެ.

އޭނާ ސިންގަޕޫރަށް ފުރީ ސައުދީގެ އެސްވީ 788 ގެ ފްލައިޓުން ކަމަށް ވެއެވެ. އޭނާ ސިންގަޕޫރަށް ފުރާވަޑައިގަތީ އަނބިކަނބަލުންނާ، ދެ ބޮޑީގާޑުންނާއި ވެސް އެކު އެވެ. އޭނާ ރާއްޖެ ވަޑައިގަތީވެސް އެ ދެބޮޑީގާޑުންގެ ހިމާޔަތުގަ އެވެ.

ރޭ ދަންވަރު 03:07 ހާއިރު ސައުދީގެ ރިއާދުން ނައްޓާލި މި ފްލައިޓު ރާއްޖެއަށް ޖައްސާފައިވަނީ މިއަދު ހެނދުނު 09:58 ގައެވެ. މިއީ މާލެއިން ސީދާ ސިންގަޕޫރަށް ދާ ޑައިރެކްޓު ފްލައިޓެކެވެ. މި ފްލައިޓު ފުރާފައިވަނީ 11:27 ގަ އެވެ. ސިންގަޕޫރަށް ޖައްސާނީ މިއަދު އިރުއޮއްސި 18:58 ގަ އެވެ. 

ފްލައިޓު ފުރުމާއި ހަމަޔަށް ރާއްޖޭގެ ފުލުހުންނާއި ސިފައިން ގޮޓަބަޔާއަށް ވަނީ ސެކިއުރިޓީ ފޯރުކޮށްދީފަ އެވެ. މި އެއާލައިން ހަމަޖެހުނީ ކިހިނެތްކަމެއް ސާފެއް ނުވެ އެވެ. އެންމެ  ފުރަތަމަ ގޮޓަބަޔާ ފުރަން ހަމަޖެހިފަ އޮތީ ސިންގަޕޫރުގެ އެއާލައިނަކުން ރޭ 12:00 ގައެވެ. 

ނަމަވެސް ރޭ އެ ފްލައިޓުން ނުފުރާ މަޑުކުރެއްވީ ޕްރައިވެޓު ޖެޓެއް އިންތިޒާމު ކުރުމަށްކަމަށް އަޑުފެތުރުނެވެ. މިއަދު ބޭރުގެ ނޫސްތަކުން ވަނީ އެ ޖެޓު ރާއްޖެ އައި ކަމަށްވެސް ރިޕޯޓުކޮށްފަ އެވެ. ނަމަވެސް މިއަދު ގޮޓަބަޔާ ފުރަން ހަމަޖައްސާފަ އޮތީ ސައުދީ ފްލައިޓެއް ކަމަށް މައުލޫމާތު އެނގޭ އޮފިޝަލަކު އޮންލައިން ނޫސް "އަވަސް" އަށް ޔަގީންކޮށްދީފަ ވެއެވެ.

އަދި މިހާރު އެ ފްލައިޓުން ގޮޓަބަޔާ ފުރާވަޑައިގެންފައިވާ ކަމަށް ވެއެވެ. 

އަދިވެސް އިސްތިއުފާ ނުދެއްވާ

އެމަނިކުފާނުގެ މައްޗަށް ވަނީ ބޮޑެތި ކޮރަޕްޝަންގެ ތުހުމަތުތައް ކޮށްފަ އެވެ. ހޮނިހިރު ދުވަހު ހިނގި ހަމަނުޖެހުންތަކުގައި ރިޔާސީ ގަނޑުވަރާއި ބޮޑުވަޒީރު ރަނިލްގެ ގެކޮޅު އަދާ އަޅިއަށް ހެދުމުން، ގޮޓަބަޔާ ވަނީ އިސްތިއުފާ ދެއްވާނެކަމަށް އެދުވަހު ވިދާޅުވެފަ އެވެ. ރައީސް ގޮޓަބަޔާ އިސްތިއުފާ ދޭން ވައުދުވެފައޮތީ އިއްޔެ އެވެ. 

އެކަމަށްޓަކައި ގިނަ ލަންކާ ރައްޔިތުން އިންތިޒާރުގައި ތިއްބާ އިސްތިއުފާ ދޭން އެއް ދުވަހަށް ވެފަވަނިކޮށް، ގޮޓަބަޔާ އޭނާގެ އަނބިކަބަލުން ލޯމާ އާއެކު ވަނީ ގައުމު ދޫކޮށްދާން މަސަައްކަތްކޮށްފަ އެވެ. އެފުރުސަތު ނުލިބުމުން އެރޭ އަސްކަރީ މަރުކަޒެއްގަ ތިއްބެވުމަށްފަހު، އިއްޔެ ވަނީ ދެ ބޮޑީގާޑުންވެސް ހިމެނޭހެން އަސްކަރީ ޖެޓެއްގަ ރާއްޖެ އައިސްފަ އެވެ.

މަޝްރަހު ހޫނުވެފައިވަނިކޮށް، ލަންކާގެ ވަގުތީ ރައީސްކަން ބޮޑުވަޒީރު ރަނިލް އާއި ހަވާލުކުރެއްވި އެވެ. އަދި އިއްޔެ ނިމުމުގެ ކުރިން އިސްތިއުފާ ދެއްވާނެ ކަމަށް ވައުދުވި އެވެ. ނަމަވެސް މިއަދު ރާއްޖެއިން ފުރާވަޑަގަތުމާއި ހަމަޔަށްވެސް ގޮޓަބަޔާގެ އިސްތިއުފާ ސިޓީ އެ ގައުމަށް ނުލިބެ އެވެ. 

އިސްތިއުފާ ދެއްވަން އޮތް ދުވަހު ފިއްލަވާ ވަޑައިގަތީކަމަށް ބުނެ ގިނަ ބަޔަކު ނުރުހުން ފާޅުކުރަން ފެށުމުން ލަންކާގެ އެއާޕޯސުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ، އެ ދަތުރުފުޅަކީ އެގައުމުގެ ޑިފެންސް މިނިސްޓްރީގެ ހުއްދައާ އެކު ހުރިހާ އިދާރާއެއްގެ ހުއްދަ ލިބިގެން، އުސޫލުތަކާ އެއްގޮތަށް އިންތިޒާމުވެގެން ދިޔަ ދަތުރެއް ކަމަށެވެ. 

63%
ކަމުގޮސްފި
13%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
25%
ވަރަށް ސަލާމް
ކޮމެންޓްސް