ads
ގޮޓަބަޔާ
ގޮޓަބަޔާ އިސްތިއުފާ ދެއްވައިފި
ސްރީލަންކާގެ ރައީސް ގޮޓަބަޔާ ރާޖަޕަކްސަ އިސްތިއުފާ ދެއްވައިފި އެވެ.
Advertisement

ގޮޓަބަޔާގެ އިސްތިއުފާގެ ސިޓީ މިހާރު ގާނޫނު ހަދާ މަޖިލީހަށް ލިބިފައިވާ ކަމަށް އެ ގައުމުގެ މީޑިއާ ރިޕޯޓުތައް ބުނެ އެވެ.

އުސޫލުތަކުގެ ދަށުން އެ ސިޓީގެ ސައްހަކަން ބެލުމުގެ ކަންކަން މިހާރު ކުރަމުންދާއިރު، ކުރިއަށް އޮތް ދެގަޑިއިރުތެރޭ ރަސްމީކޮށް އެ ސިޓީގައިވާ އެއްޗެއް ގާނޫނު ހަދާ މަޖިލީހުގެ ރައީސް އިއުލާން ކުރައްވާނެ އެވެ.

ގޮޓަބަޔާ އިސްތިއުފާ ދެއްވިއިރު، މިވަގުތު ހުންނެވީ ސިންގަޕޫރުގަ އެވެ. 

މިދިޔަ ހޮނިހިރު ދުވަހު ހިނގި ހަމަނުޖެހުންތަކުގައި ރިޔާސީ ގަނޑުވަރާއި ބޮޑުވަޒީރު ރަނިލްގެ ގެކޮޅު އަދާ އަޅިއަށް ހެދުމުން، ގޮޓަބަޔާ ވަނީ އިސްތިއުފާ ދެއްވާނެކަމަށް އެދުވަހު ވިދާޅުވެފަ އެވެ. ރައީސް ގޮޓަބަޔާ އިސްތިއުފާ ދޭން ވައުދުވެފައޮތީ އިއްޔެ އެވެ. 

އެކަމަށްޓަކައި ގިނަ ލަންކާ ރައްޔިތުން އިންތިޒާރުގައި ތިއްބާ އިސްތިއުފާ ދޭން އެއް ދުވަހަށް ވެފަވަނިކޮށް، ގޮޓަބަޔާ އޭނާގެ އަނބިކަބަލުން ލޯމާ އާއެކު ވަނީ ގައުމު ދޫކޮށްދާން މަސަައްކަތްކޮށްފަ އެވެ. އެފުރުސަތު ނުލިބުމުން އެރޭ އަސްކަރީ މަރުކަޒެއްގަ ތިއްބެވުމަށްފަހު، އިއްޔެ ދެ ބޮޑީގާޑުންވެސް ހިމެނޭހެން އަސްކަރީ ޖެޓެއްގަ ރާއްޖެ އަ އެވެ.

އެކަމާއި ގުޅިގެން ލަންކާގެ ރައްޔިތުން ނިކުމެ ވަގުތުުން ވަގުތަށް ގޮޓަބަޔާ އާއި ރަނިލް އިސްތިއުފާ ދިނުމަށް ގޮވާލަމުން ދަނިކޮށް ލަންކާގެ ވަގުތީ ރައީސްކަން ބޮޑުވަޒީރު ރަނިލް އާއި އިއްޔެ ހަވާލުކުރެއްވި އެވެ. އަދި އިއްޔެ ނިމުމުގެ ކުރިން އިސްތިއުފާގެ ސިޓީ ފޮނުވާނެ ކަމަށް ވައުދުވި އެވެ. ނަމަވެސް މިއަދު ރާއްޖެއިން ފުރާވަޑަގަތުމާއި ހަމަޔަށްވެސް ގޮޓަބަޔާގެ އިސްތިއުފާ ސިޓީ އެ ގައުމަށް ނުލިބެ އެވެ.

އޭނާ ސިންގަޕޫރަށް މިއަދު ފުރީ ސައުދީގެ އެސްވީ 788 ގެ ފްލައިޓުން ނެވެ. ސިންގަޕޫރަށް ފުރާވަޑައިގަތީ އަނބިކަނބަލުންނާ، ދެ ބޮޑީގާޑުންނާއި ވެސް އެކު އެވެ. 

އޭރު އަޑުފެތުރިފައިވަނީ ސިންގަޕޫރަށް ވަޑައިގަތީ ހިމާޔަތް ހޯދުމަށް ކަމަށެވެ. ނަމަވެސް ސިންގަޕޫރުގެ ފޮރިން މިނިސްޓްރީ މިއަދު ނެރުނު ބަޔާނެއްގައި ބުނީ ގޮޓަބަޔާ ސިންގަޕޫރަށް ވަނުމުގެ ހުއްދަ ދީފައިވަނީ އަމިއްލަ ދަތުރުފުޅެއްގަ ކަމަށާއި، ހިމަޔާތައް އެދިފަވެސް ނުވާ ކަމަށެވެ. އަދި އެފަދަ ހިމާޔަތެއް ދެއްވާފަ ވެސް ނުވާނެ ކަމަށެވެ.

ދެހާސް ނަވާރަވަނަ އަހަރު ލަންކާގެ ރައީސްކަމާއި ހަވާލުވި ގޮޓަބަޔާގެ އާއިލާއަށް ލަންކާ ރައްޔިތުންގެ ނުރުހުން އަމާޒުވެފަ ވަނީ ގައުމު އިދަޖައްސާލާ ބޮޑު އިގްސޯދީ އަދަވަޅަކަށް ލަންކާ ވައްޓާލީ އެ އާއިލާއިން ކަމަށް ތުހުމަތުކޮށެވެ.

50%
ކަމުގޮސްފި
25%
އަޑުއެހިތާ މިހުރީ
13%
ސަތޭކައަކުން ސުމެއް
13%
ވަރަށް ސަލާމް
ކޮމެންޓްސް